ފުލުހަކު އަންހެންކަށް މަރުގެ އިނޒާރު ދިން މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ފުލުހަކު އަންހެނަކަށް އަނިޔާކޮށް މަރުގެ އިންޒާރުދިން މައްސަލައެއް އެ މުއައްސަސާއަށް ވަނީ ރިޕޯޓުކޮށްފައެވެ. މިއީ މިދިޔަ ހޯމަ ދުވަހު ހުށައެޅުއްވި މައްސަލައެއްކަމަށް ވިދާޅުވިއެވެ.
ގަވާއިދުގެ ތެރެއިން މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
އެ އަންހެން މީހާއަށް އިންޒާރުދިންކަމަށް ބުނާ ފުލުސް މީހާގެ ކޯލް ރިކޯޑެއް ވަނީ މީސް މީޑިއާގައި އާންމުވަމެފައެވެ. އަދި އެ އަންހެން މީހާއަށް ފުލުސް މީހާ ކޮށްފައިވާ މެސެޖުތައްކަމަށް ތުހުމަތު ކުރާ މެސެޖުތައްވެސް ދަނީ ދައުރުވަމުންނެވެ.
މި މައްސަލަ އާންމުންނާއި ހިއްސާކޮށް، އެ އަންހެން މީހާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މަރުގެ އިންޒާރުދީ، އަނިޔާކުރާ މީހަކު ދިވެހި ފުލުހުންގެ ހިދުމަތުގައި އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. މި މައްސަލަ ބެލުމަށް ގޮވާލާފައިވާއިރު، މި މައްސަލަ ސާބިތު ކުރުމަށް ބޭނުންވާ އެކަށީގެންވާ ހެކި އެބަހުރިކަމަށްވެސް އެ އަންހެން މީހާ ބުނެފައިވެއެވެ.

