މާލޭގައި އަލަށް ހަދަމުން އަންނަ މާރުކޭޓަކުން ކޭބަލްތަކެއް ވަގަށް ނަގައިފިއެވެ.
މާލެ ސިޓީ ކައުންސިލުން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާލޭގައި އަލަށް ހަދަމުންދާ މާރުކޭޓުގައި ހުރި ކަރަންޓް ކޭބަލްތަކާއެކު ލައިޓުތަކެއް ވެސް ވަގަށް ނަގައިފައިވާ ކަމަށެވެ. އަދި ވައްކަން ކޮށްފައިވަނީ މާލޭގެ ކޮލި އުމަރު ގޯޅީގައި، އަލަށް ހަދަމުންދާ މާރުކޭޓުން ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މާލެ ސަރަހައްދުގައި ވައްކަމުގެ މައްސަލަތަށް ވަނީ ގިނަ ވެފައެވެ. އަދި ކޮންމެ އަހަރެއްގެ ރޯދަމަހާއި ދިމާކޮށް ވައްކަމުގެ މައްސަލަތަށް އިތުރުވާކަން ފާހަގަކުރެވެ އެވެ. ވައްކަމުގެ މައްސަކަތަކާއި އޮންލައިން ސްކޭމްފަދަ ކަންކަން ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ ފިޔަވަޅުތަށް އަޅަމުންނެވެ. އަދި އެފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަގުނަ ޕްރޮގުރާމްތަށްވެސް އަންނަނީ ހިނގަމުންނެވެ.

