ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރާ 5 ބިދޭސީއަކު އަތުލައިގަނެފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ 05 ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ ޓާސްކު ފޯސް އަށް ލިބުނު މަޢުލޫމާތެއްގެ އަލީގައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ. މި ރެއިޑުގައި ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ 05 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށް ވަނީ ބުނެފައެވެ.

އެ މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ އަދި ޑެބިޓް/ކްރެޑިޓް ކާޑު ފެނިފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އިމިގްރޭޝަނުން އާއްމު ކުރި ފޮޓޯތަކުގައި ގިނަ އަދަދެއްގެ ދިވެހި ރުފިޔާ ޑޮލަރާއި އަދި އެކި ގައުމުތަކުގެ ފައިސާ ފެންނަން ހުއްޓެވެ. އެހެންނަމަވެސް ރެއިޑްގެ ތެރެއިން ލިބިފައިވަނީ ކިހާ ފައިސާއެއްކަމެއް އިމިގްރޭޝަނުން ހިއްސާކޮށްފައެއް ނުވެއެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރެވެމުން ކަމަށާއި އަދި އިތުރު ތަފްސީލު ފަހުން ހިއްސާކުރާނެ ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: