ނުރައްކާތެރި އެކްސިޑެންޓުތައް ހުއްޓުވުމަށް އަމަން ބަލަހައްޓަން ދައުލަތުން މަތި ކުރައްވާފައިވާ މުއައްސަސާތަކުން ގާނޫނު ތަންފީޒު ކުރަމުން ގެންދިއުމަށް ގޮވާލާކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި ހާދިސާއާއި ގުޅިގެން ވަރަށް ގިނަ މީހުން ވަނީ އެކަމާއި ގުޅިގެން އާއިލާއަށް ތައުޒިޔާގެ މެސެޖް ފޮނުވާފައެވެ. މި މައްސަލައިގައި މޭޔަރ ވިދާޅުވީ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒުވާނެއްގެ ފުރާނަގެއްލިގެން ދިއުމަކީ ކޮޅުނެއް ކޮޅަށް ހިތާމަ ހުރިކަމެއް ކަމަށެވެ.
މިފަދަ އެކްސިޑްޓްތައް ހުއްޓުވުމަށް އަމަން ބަލަހައްޓަން ދައުލަތުން މަތި ކުރައްވާފައިވާ މުއައްސަސާތަކުން ގާނޫނު ތަންފީޒު ކުރަމުން ގެންދިއުމަށް ގޮވާލާ ކަމަށާއި އަދި މިފަދަ ހާދިސާތައް ގިނަވަމުން ދިއުމާއި ގުޅިގެން ޕޮލިހުންނާއި އަދި އަމަން ބަލަހައްޓާ ފަރާތްތަކުން މަގުމަތި ބަލެހެއްޓުން މިހާރަށްވުރެ ވަރުގަދަ ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. މަގުމައްޗަކީ ރޭގަނޑަކަސް، ދުވާލަކަސް ރައްޔިތުންނަށް ރައްކާތެރި ތަނަކަށްވާން ޖެހޭ ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.

