ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޮޅުދޫގައި ޒަހަމްތަކަކާއި އެކު މަރުވެފައި އޮތް އަންހެނެއް ފެނިއްޖެ

ނ. ހޮޅުދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު، އަންހެން މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ޒަހަމްތަކަކާ އެކު އޮއްވައި ފެނުނީ އުމުރުން 50 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. ފުލުހުންނަަށް މިކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 10:10 ގައެވެ.

ޒަކިއްޔާ މޫސާ މަނިކާއި ގުޅޭ ގޮތުން ހޮޅުދޫގެ ބައެއް ރައްޔިތުން ބުނާ ގޮތުގައި އޭނާއަކީ ނަފްސާނީ ބަލި ހުންނަ މީހެކެވެ. ނަމަވެސް އޭނާގެ އާއިލާއަކީ ފުދުންތެރި އާއިލާއެއްކަމަށާއި، ފިރިމީހާއަކީވެސް ފުދުންތެރި މީހެއްކަމަށް ރަށުގެ ރައްޔިތުން ބުނެއެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުން އިރު، ޒަކިއްޔާގެ ފިރިހެން ދަރިން ދުނިޔޭގައި އެބަތިބިއެވެ. މީގެ ތެރެއިން އެއް ކުއްޖަކު ދިރިއުޅެނީ ޒަކިއްޔާއާއި އޭނާއާއި ފިރިމީހާއާއިއެކުކަމަށްވާއިރު، އެ ދަރިފުޅުގެ އަންހެނުންނާއި މާމަ ދަރިވެސް އެ ގޭގައި ދިރިއުޅެއެވެ. އަނެއް ކުއްޖާ ދިރިއުޅެނީ މާލޭގައެވެ.

ރަށުގެ ރައްޔިތުން ސިފަ ކުރާ ގޮތުގައި އެއީ ވަރަށް ރަނގަޅަށް އުޅޭ އާއިލާއެކެވެ. މިއަދުގެ ހެދުނުގެ ވަގުތެއްގައި ޒަކިއްޔާ ސްކޫލު ކައިރިން ފެނުނުކަމަށް ބައެއް މީހުން ބުނާއިރު، މިއަދު އޭނާ ގޭގައި އުޅުން ވަގުތު ދެން ގޭގައި ތިބި މީހުން ތިބީ ނިދާފައިކަމަށް މީޑިއާތަކުންވެސް ރިޕޯޓުކޮށްފައިވެއެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އެ ގޭގެ ކުނި ނަގަން ދިޔަ މުނިސިޕަލް މުވައްޒަފުންނަށެވެ. ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިއަށް ޒަކިއްޔާ ވެއްޓިފައި އޮތްކަމަށް ރަށު މީހުން ބުނެއެވެ. އަދި މަސް ކަނޑަން ގެންގުޅޭ ކަހަލަ ބޮޑު ވަޅިއެއް ކައިރީގައި އޮތްކަމަށް ބުނެއެވެ. ކަރުގައި ވަރަށް ބޮޑަށް ވަޅިއަޅާފައިވާކަމުގެ ނިޝާންތަކެއް ހުރިކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ހަމަ މިއާއި ދާދި އެއްފަދަ ހާދިސާއެއް މިދިޔަ އަހަރުގެ ތެރޭގައި ނ އަތޮޅުގެ މަނަދޫގައިވެސް ހިނގާފައިވާކަން ފާހަގަކުރެވެއެވެ.

ނައީމާ މޫސާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުއެވެ. ނައީމާ ފެނުނީ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރުއެވެ.

ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފައެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެއެވެ. އަދި މި މައްސަލަ ވަކި ގޮތަކަށް ނިމިފައި ނުވާކަން ފާހަގަކުރެވެއެވެ.

މިފަދަ މައްސަލަތައް ވަރަށް ދިގުލައިގެންދެއެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 69%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: