ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުން މަލްޝާ އާއި ޝިއުނާ އިސްތިއުފާ ދެއްވައިފި

ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގައި ތިއްބެވި މަލްޝާ އާއި ޝިއުނާ ރައީސް މުއިއްޒާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރކަމުގެ މަގާމުގައި ތިއްބެވި މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އިސްތިއުފާ ދެއްވައިފިއެވެ.

ޝިއުނާ އާއި މަލްސާވެސް ވަނީ މިކަން ”ސަންގަށް“ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.

ޝިއުނާ އާއި މަލްޝާ މަގާމުން އިސްތިއުފާދެއްވި އިރު، އެ ދެ ބޭފުޅުންވެސް ތިއްބެވީ އިންޑިއާގެ ބޮޑު ވަޒީރު، ނަރެންދްރަ މޯދީއަށް ފާޑުކީ މައްސަލައިގައި ސަސްޕެންޑް ކުރައްވާފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މި ދެބޭފުޅުންވެސް ސަސްޕެންޑް ކުރެއްވީ، ވަކި މުއްދަތެއް ނެތް ގޮތަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯ އާންމު ކުރެއްވުމުން އެބޭފުޅުން މޯދީއަށާއި އިންޑިއާއަށް ކުޑައިމީސްކޮށް މީސް މީޑިއާގައި އިންޑިއާއާ ދެކޮޅު ތަފާތު ޝުއޫރުތައް ފާޅު ކުރުމުން އޭރު މި މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. ބޭރުގެ މީޑިއާތަކުންވެސް މިކަންކަން ވަނީ ކަވަރުކޮށްފައިކަން ފާހަގަކުރެވެއެވެ.

އެކަމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީއިންވެސް ވަނީ އެ ބޭފުޅުންނާ މެދުގައި ފިޔަވަޅު އަޅަން ފަސް ނުޖެހޭނެކަމަށް ވިދާޅުވެފައެވެ.

އެގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ބޭރުގެ ގައުމުތަކުގެ ވެރިންނާއި މަތީ ފެންވަރުގެ ވެރިންނަށް ބަދު ބަސް ބުނެ، އިހްތިރާމް ކުޑަވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި ކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. ނަމަވެސް އެއީ ސަރުކާރުގެ ހިޔާލުތަކެއް ނޫން ކަމަށާއި އެއީ، އެ ހިޔާލު ފާޅުކުރި ބައެއްގެ އަމިއްލަ ހިޔާލު ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މި މައްސަލަ ފެންމަތިވެފައިވަނިކޮށް، އިންޑިއާއިން ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ ސަފީރު ވަނީ އެ ގައުމުގެ އެކްސްޓާނަލް މިނިސްޓްރީއަށް ހާޒިރުކޮށްފައެވެ. އަދި، އެ ދުވަހު 12:00 ގައި ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރު ފޮރިން މިނިސްޓްރީއަށް ވަޑައިގެންފައިވެއެވެ.

ޝިއުނާއާއި މަލްޝާގެ އިތުރުން މި މައްސަލައިގައި ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްކަމަށްވާ މަހުޒޫމް މާޖިދުވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: