ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރުގެ 5 ރަށެއްގައި ގްރީން ހައުސް ޤާއިމްކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އުތުރުގެ 5 ރަށެއްގައި ގްރީންހައުސް ޤާއިމް ކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި ޕްރޮޖެކްޓްގެ މައިގަނޑު މުހިންމު އެއް މަސައްކަތަކީ ކްލައިމެޓް ސްމާޓް އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވާ ޒަމާނުއްސުރެއް ދަނޑުވެރިކަން ކުރަމުން އަންނަ ގޮތަށްވުރެން، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް، ދަނޑުވެރިންގެ މެދުގައި ޝައުގުވެރިކަން އުފައްދައި އަހުލުވެރި ކުރުމަށެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނީ އެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ނަމުގައި ކަަމަށެވެ. އަދި އެ ޕްރޮގްރާމަކީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮފްމަންޓް (އިޕާޑް) އާއި ދިވެހި ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ހއ، ހދ، އަދި ށ. އަތޮޅުގެ 26 ރަށެއްގަ އެވެ.

އެގޮތުން 12 ރަށެއްގައި ގްރީން ހައުސް އަޅައިގެން ކޮކޯޕީޓްގައި ކިއުކަންބާ އަދި މެލަން ހައްދާނެ ގޮތުގެ ޓެކްނިކަލް މަސައްކަތްތައް ކުރަންވާނެ ގޮތުގެ މަޢުލޫމާތު ވަނީ ދީފަ އެވެ.

މީގެ އިތުރުން ޓޮމާޓޯ، ކެޕްސިކަމް އަދި ތޮޅިމިރުސް ހައްދާނެ ގޮތުގެ މައުލޫމާތުވެސް ހިއްސާކޮށްފައި ވެއެވެ. އެ ޕްރޮގްރާމްތަކުގައި ޖުމްލަ 224 މީހުން ތަމްރީން ކޮށްފައި ވެއެވެ. އަދި އިތުރު ބާވަތްތައް ހައްދާނެ ގޮތް ދަސްކޮށްދިނުމަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަަށެވެ.

މީގެ އިތުރުން މި ޕްރޮޖެކްޓް އިތުރަށް ފުޅާކުރުމަށްޓަކައި އިތުރު 5 ރަށެއްގައި ގްރީންހައުސް އަޅައިގެން މެލަން އަދި ކިއުކަންބާ ހައްދާނެގޮތުގެ ތަމްރީން ޕްރޮގުރާމް ކުރިއަށް ގެންދިއުމަށްޓަކައި އެރަށްތަކުގައި ގްރީންހައުސް އިންސްޓޯލް ކުރުމަށްޓަކައި ގްރީންހައުސް އިންސްޓޯލް ކުރުމަށް އަމިއްލަ ފަރާތަކާއެކު ވަނީ ސޮއިކުރައްވައި ފައެވެ. އެގޮތުން މި ފަހަރު ގްރީންހައުސް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ، ހދ. ކުމުންދޫ، ށ.ބިލެއްފަހި، ށ.ކަނޑިތީމު އަދި ށ. ފޭދޫ ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: