ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީން ދިރިއުޅޭ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރަންޖެހޭ: ޝަޢްމާން

ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މަސައްކަތް ކުުރުމަށް ގެންނަ ބިދޭސީން ބައިތިއްބަނީ އާއްމު ސަލާމަތަށް ނުރައްކާ ނުވާނެ ތަންތަނުގައި ކަން އެމްޕްލޮޔަރުން ކަށަވަރުކުރަންޖެހޭ ކަމަށް ކޮންޓްރޯލަރ އޮފް އިމިގުރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

ޝަމްޢާން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަށް އެކިއެކި މަސައްކަތް ކުުރުމަށް ގެންނަ ބިދޭސީންގެ ކެއުމާއި ބޯހިޔާވަހިކަން ކަށަވަރު ކުރުމަކީ އެ ބިދޭސީ މީހާ ގެންނަ ފަރާތުގެ ޒިންމާއެއް ކަމަށެވެ. އަދި މަސައްކަތްތެރިން ބައިތިއްބަނީ އާއްމު ސަލާމަތަށް ނުރައްކާ ނުވާނެ ފަދަ ތަންތަނަުގައި ކަން ކަށަވަރު ކުރުމަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ. އަދި އެފަދަ ތަންތަނުގައި ކެއްކުން ފަދަ ކަންކަން ކުރާއިރު، ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުކުރުމަށް ވެސް އެދުނެވެ.

އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް އިމިގުރޭޝަނުން މިހާރު އަންނަނީ ޚާއްސަ އޮޕަރޭޝަނެއް ވެސް ހިންގަމުންނެވެ. މި އޮޕަރޭޝަންގައި މާލޭގެ 10 އަށްވުރެ ގިނަ ގެއެއް ބަލައި ފާސްކޮށް، 30 އަށްވުރެ ގިނަ ބިދޭސީން ވަނީ އިމިގްރޭޝަންގެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ތޮއްޖެހިގެން ކުޑަތަންތަން ކޮޅުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ ރެއިޑްތަކުގައި ބައެއް ތަންތަން ބަލާ ފާސްކޮށް ޤަވައިދާ ޙިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކޮށްފައި ވެއެވެ.

އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ މާލޭގެ 08 ގެއެއް އޮފިސަރުން ބަލައި ފާސްކޮށް މި އޮޕަރޭޝަންގައި 18 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ފޮޓޯގައި ކުޑަކުޑަ ތަންކޮޅެއްގައި ފިލައިން މަތި މައްޗަށް އެނދު ހަދައިގެން ބިދޭސީން އުޅެމުންދާ މަންޒަރު ފެނެއެވެ. އަދި އެފަދަ ތަންތަނުގައި ގިނަ އަދަދަކަށް ގޭސް އުނދުން ބަހައްޓާފައި ހުރިތަން އިމިގްރޭޝަނުން ހިއްސާކުރި ފޮޓޯ ތަކުން ފެނެއެވެ.

އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ ގާމަގު ކެފޭ އިމާރާތަކީ ލަކުޑިން ޑެގް އަޅާ ޓިނު ބިއްގަޑުތަކެއް ޖަހައިގެން 3 ބުރިއަރަށް ހަދާފައި ހުރި ތަނެކެވެ. އެތަންނުގައި 50 ވުރެ ގިނަ ބިދޭސީން އުޅެމުންދިޔައެވެ. މި މީހުން އުޅެމުންދިޔައީ އެ އިމާރާތުގެ 3 ވަނަ ބައިގައެވެ. އެންމެ ތިރީގައި ހުރީ ގާމަގު ކެފޭއެވެ. އޭގެ މަތިން ދެވަނަ ބުރިއަކީ އެ ކެފޭގެ ބަދިގެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: