ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީން ޤާނޫނުތަކަށް އަހުލުވެރިކުރުމަށް ޝެޝަންތަކެއް ކުރިއަށް ގެންގޮސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ދިރިއުޅޭ ބިދޭސީން ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިކުރުމަށް މަޢުލޫމާތު ދީފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލޭ އަވައްޓެރި ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތުގައި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ސަމާލުކަންދޭންޖެހޭ ކަންކަމުގެ ތަފާތު މަޢުލޫމާތު ދީފައިވާ ކަމަށެވެ.

އޭގެތެރޭގައި ރާއްޖޭގެ ބައެއް ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމާއި މަސައްކަތްކުރަން އުޅޭއިރު އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތުދީފައިވާ ކަމަށެވެ.

އޭގެ އިތުރުން، ކުށަށް ހުށަނޭޅޭނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް ބިދޭސިންނަށް އިރުޝާދު ދެއްވައިފައި ވެއެވެ. އަދި އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ބުނެދީ، ޓްރެފިކް ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ވަނީ މައުލޫމާތުދީފައެވެ. މައުލުމާތު ދިނުމުގެ ޝެޝަން ކުރިއަށް ގެންގޮސްފައިވަނީ ބިދޭސީން ވާހަކަދައްކާ ބަސްކަމުގައިވާ ހިންދީ ބަހުންނެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ފުލުހުން ހިންގަމުންދާކަން ފާހަގަކޮށްލެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: