ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމު ހިންގުމުގައި ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނުގެ މައްޗަށް: ރައީސް

ޤައުމު ސަލާތްމަތްކުރުމުގެ ވިސްނުން އުފެދެނީ އާއިލާތުކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމު ހިންގުމުގައި ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނުގެ މައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރަސީ ދުވަހާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޤައުމު ހިންގުމުގައި ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނާއި ދިވެހިރައްޔިތުން ޤަބޫލުކުރާ ހަމަތަކާއި، ދިވެހިވަންތަ އާދަކާދަތަކުގެ މައްޗަށްކަމަށެވެ.

ޑިމޮކުރަސީ އަކީ ވެރިކަމުގެ ނިޒާމެކެވެ. ސިޔާސީ މަޛްހަބެއްގެ ގޮތުގައި ޑިމޮކުރަސީ، ފާޅުވެފައިވަނީ 18 ވަނަ ސައްތައިގައި ވިލާތުގައި ފެތުރިފައިވާ ޚުދްމުޙްތާރު ވެރިކަމާއި ދެކޮޅަށް ހަނގުރާމަ ކުރި ޙިޔާލެއް ގޮތުގައެވެ. ޑިމޮކުރެސީ ހާމަކުރެއްވި ގޮތުގައި ވެރިކަމުގެ ބާރު ލިބިގެން ވަނީ ޤައުމުގެ ރައްޔިތުންނަށެވެ. އެގޮތުން ރައްޔިތުންނަށް، ރައްޔިތުން ބޭނުންވާ ވެރިޔަކު ހޮވުމުގެ ބާރު ޑިމޮކުރަސީ ތެރެއިން ލިބިގެން ވެއެވެ. އަދި ރައްޔިތުން ހޮވައިފައިވާ ވެރި މީހާ ބަދަލުކުރުމުގެ ބާރުވެސް ލިބިފައި ވެއެވެ.

ޑިމޮކްރަސީގެ ނިޒާމަަށް ރާއްޖޭގައި އަމަލުކުރަމުން އަންނަތާ މިވަނީ 16 އަހަރު ފުރިފައެވެ. ޑިމޮކްރަސީއާއެކު ރާއްޖެއަށްވެސް ގިނަ ކުރިއެރުންތަކެއް ލިބިގެންދިޔައެވެ. އިސްލާމްދީނުގެ މާތް ސިފަތަކަށް ހުރިހާ ދިވެހީން އަހުލުވެރިކު ކުރެއްވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް އަބަދުވެސް ވިދާޅުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: