ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުރު ދުވަހު 24 މިސްކިތެއްގައި ދީނީ ދަރުސް ކުރިއަށް ގެންގޮސްފި

ހުކުރު ހުތުބާގެ ތެރެއިން: ފޮޓޯ/ ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުކުރު ދުވަހު މަޤްރިބް ނަމާދަށްފަހު ސިލްސިލާކޮށް ކުރިއަށް ގެންދާ ދަރުސްތަކުގެ ތެރެއިން މި ހަފްތާގެ ހުކުރު ދުވަހު ރާއްޖޭގެ 24 ތަނެއްގައި ދީނީ ދަރުސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

މާލެ ސަރަހައްދުގެ 9 މިސްކިތެއްގައި ދަރުސް ކުރިއަށް ގެންގޮސްފައިވާއިރު، ރާއްޖެތެރޭ 15 ރަށެއްގެ މިސްކިތުގައި ދަރުސްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން، ހުކުރު ނަމާދުފަދަ ބޮޑެތި ޖަމާޢަތްތަކުގައި އިމާމުން ދިގުކޮށް ނުކިޔެވުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ އިލްތިމާސްކުރައްވައިފައެވެ. ހުކުރު ނަމާދު ފަދަ ޖަމާޢަތް ތަކުގައި ބައެއް ޙަތީބުން ވަރަށް ދިގުކޮށް ކިޔަވާކަމަށް ބުނެ ޝަކުވާ ލިބިލައްވައި ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެފަދަ ޖަމާޢަތް ބޮޑު ނަމާދު ތަކުގައި ސުންނަތްވެގެންވާ ގޮތަކީ ކުރުކޮށް ކިޔެވުންކަމާއި އެ ޖަމާޢަތްތަކުގައި މުސްކުޅި ބޭފުޅުންނާއި ބަލި މީހުންނާއި ކުޑަކުދިންވެސް ވާނެކަން އިމާމުން ހަނދާނުގައި ބެހެއްޓުން މުހިންމު ކަމަށް ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި މަސައްކަތްކުރައްވައި އިމާމުންނަށް ޢިލްމީ ގޮތުން ކުރިއެރުން ހޯދައި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ރާއްޖެއިން ބޭރަށް ދަތުރުކޮށް އިތުރު ތަމްރީން ހޯދުމުގެ ފުރުސަތުވެސް ވަނީ ހޯދައިދެއްވައިފައެވެ. އިމާމުން ތާޒާކުރުމުގެ މަޝްރޫއުގެ ދަށުން 6 އަތޮޅެއްގެ އިމާމުންނަށް ތާޒާކުރުމުގެ ޕްރޮގުރާމެއް 12 ސެޕްޓެންބަރ 2024 ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގުރާމުގެ ތެރެއިން 6 އަތޮޅުން ޖުމްލަ 272 އިމާމުން ވަނީ ބައިވެރިވެ ފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: