އަލިފާނުގެ ހާދިސާ ހިނގި ގާމަގު ކެފޭގެ މަތީ ދެ ފްލޯ ތަޅާލައި، އެ ސަރަހައްދު އިއްޔެ ހުޅުވާލާއިފިއެވެ.
އަލިފާނުގެ ހާދިސާ ހިނގި ގާމަގު ކެފޭ ތަޅާލުމުގެ މައްސެއްކަތް ޕަބްލިކް ވޯކް ޕާމިޓުން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. އެ މަސައްކަތާއި ބެހޭ ގޮތުން ޕަބްލިކް ވޯކް ޕާމިޓުން ބުނެފައިވަނީ އަލިފާނުގެ ޙާދިސާ ހިނގި ހ. ދޫހިމެރިގެ ތަޅަލައިލުމަށް ޓަކައި ބަންދުކުރި، ދޫހިމެރިމަގު މަސައްކަތަށް ފަހު ހުޅުވައިލައިފައިވާ ކަމަށެވެ. އަދި ދޫހިމެރިގެ ތަޅައިލުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ މި މިނިސްޓްރީގެ ޕަބްލިކް ވާރކްސް ޑިޕާޓްމެންޓުން. ހ. ދޫހިމެރިގެ ތަޅައިލީ އަލިފާނުގެ ޙާދިސާއާ ގުޅިގެން ނެވެ.
ހާދިސާގައި ގެއްލުންވި އިމާރާތް އެއްކޮށް ތަޅާލިކަމަށް ރިޕޯޓުކޮށްފައި ވީ ނަމަވެސް، އެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ ކެފޭގެ މަތީ ދެ ފްލޯގެ އެކަންޏެވެ. އިމާރާތް އެއްކޮށް ތަޅާލައި، ޖެހިގެން ހުރި ބައިތައް ސާފު ކުރަން ޖެހޭނީ ގޭގެ ވެރިފަރާތުންކަމަށް ބެލެވެ އެވެ.
ސޯސަން މަގު ފެށޭ ހިސާބުގައި ހުރި، ”ގާމަގު ކެފޭ“ ގައި ރޯވީ 10 ސެޕްޓެންވަރ 2024 ވަނަ ދުވަހު މެންދުރު 14:40 ހާއިރުގަ އެވެ.
މި އިމާރާތުގައި ދިރިއުޅޭ ބިދޭސީންގެ ޖުމްލަ އަދަދު ސާފު ނުވީނަމަވެސް، ބައެއް މަސްދަރުތަކުން އެނގޭ ގޮތުން އެ ތަނުގައި 50 އެއްހާ މީހުން ދިރިއުޅެއެވެ. އަލިފާން ރޯވި ކެފޭގެ އެހެން ފްލޯތައް ހަދާފައި ވަނީ ޑެގު އަޅައި ވަށައި ޓިނު ޖަހައިގެންނެވެ. މި ހާދިސާގައި އިމާރާތް އެއްކޮށް އަނދައި، ޖެހިގެން ހުރި އިމާރާތަށް ވެސް އަލިފާންގަނޑު ވަނީ ފެތުރުނެވެ.
އެންޑީއެމްއޭ މީގެ ކުރިން ބުނީ އެ ހާދިސާގައި 37 މީހުން ހާލުގައި ޖެހުނު ކަމަށެވެ. ނަމަވެސް ފަހުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި އެ އޮތޯރިޓީން ބުނީ ހާލުގައި ޖެހުނު މީހުންގެ އަދަދަކީ 57 ކަމަށެވެ. އެ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭއިން އޭރު ބުނެފައިވެއެވެ.

