ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާއްސަ އާންމު ޖަލްސާގެ ނޯޓިސް ފޮނުވައި ޖަލްސާ ބާއްވަން ޖެހޭ މުއްދަތު ކުރުކޮށް ކުންފުނީގެ ގާނޫނަށް އިސްލާހެއް

ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގައި މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނީގެ ގާނޫނުގެ ދަށުން ކުންފުންޏެއްގެ ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތަކަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ކުންފުނީގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްއަކު އައްޔަނު ކުރުމުގެ މަސައްކަތަށް ދައުރުން ބޭރުން ބޭއްވި ޖަލްސާއަށެވެ. ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު އިސްމާއިލް ނިޒާޒު ސްޕޮންސަރ ކުރައްވައި މި ބިލު ހުށަހަޅާފައި ވަނީ ކުންފުނީގެ ގާނޫނުގެ ދަށުން ކުންފުންޏެއްގެ ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތަކަށް ބައެއް ބަދަލު ގެނައުމަށްޓަކަ އެވެ.

ބިލުގައިވާ ގޮތުން އިސްލާހު ހުށަހަޅާފައި ވަނީ ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތީ ތިން ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދެވޭ ގޮތަށާއި، ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ ދިހަ ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވުމަށެވެ. އަދި އިސްލާހުގައި ވަނީ ޕަބްލިކް ނުވަތަ ޕްރައިވެޓް ކުންފުންޏެއް ނަމަ ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން ހަތް ދުވަސް ކުރިން އެ ކުންފުނީގެ މެމްބަރުންނަށް ނޯޓިސް ފޮނުވުމަށެވެ.

މީގެއިތުރުން ދެން އިސްލާހު ހުށަހަޅާފައި ވަނީ ކުންފުންޏެއްގައި މަދުވެގެން ތިބެން ޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރު ކުރެވޭ ގޮތަށެވެ. ކުންފުނީގައި ބަޔާން ކުރާ އަދަދަށް ޑިރެކްޓަރުން ނެތިގެން އެކަން ސަމާލުކަމަށް ގެނައުމުން ބޭނުންވާ އަދަދަށް ޑިރެކްޓަރުން އައްޔަނު ކުރުމުގެ ބާރު ރެޖިސްޓްރާއަށް ލިބިގެންވާކަމަށް އިސްލާހުގައި ވެއެވެ. އަދި ރެޖިސްޓްރާ އެގޮތަށް އެންގުމުން ދިހަ ދުވަހުގެ ތެރޭގައި ޑިރެކްޓަރުން އައްޔަނުކޮށް އެ މައުލޫމާތާއި އެކު އެކަން ރެޖިސްޓަރާއަށް ކުންފުންޏަކުން ހުށަހަޅަން ވާނެ އެވެ. އިސްލާހުތައް ބުނާ ގޮތުން މެނޭޖިން ޑިރެކްޓަރެއް ނެތް ހާލަތުގައި ވެސް އަމަލު ކުރަން ޖެހޭ ގޮތަކީ އެއީ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކުގައި މީގެ ކުރިން ޖަލްސާ ބޭއްވުމަށް ދިގު މުއްދަތެއް ލިބެ އެވެ. އެގޮތުން ޖަލްސާއަށް ދައުވަތު ދިނުމަށް ތިން މަސް ދުވަސް ލިބޭއިރު ޖަލްސާ ބާއްވަން ޖެހެނީ، އެގޮތަށް އެދި ހުށަހަޅާތާ ތިން މަސް ދުވަހުގެ ތެރޭގަ އެވެ.

ޖަލްސާއެއް ބޭއްވުމަށް ޕްރައިވެޓް ކުންފުނިތަކުން 14 ދުވަހުގެ ނޯޓިސްއެއް ފޮނުވާއިރު، ޕަބްލިކް ކުންފުނިތަކަށް ވެސް ހަމަ އެ މުއްދަތު މިހާރު އަމަލު ކުރަމުންދާ ގާނޫނުގެ ދަށުން ލިބެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: