ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރުމަށް ކޮމެޓީއަށް

20 ވަނަ ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނީގެ ޤާނުނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލިހުން ބަލައިގަނެ ދިރާސާ ކުރުމަށް އިގްތިސޯދީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފައްޓަވައި ބަހުސް ކުރިއަށްގެންދެވުމަށްފަހު، ބިލު މަޖިލީހުން ބިލު މަޖިލިހުން ވަނީ ބަލއިގަންފައެވެ. މިއަދުގެ ޖަލްސާގައި އެ ބިލް ބަލައިގަތުމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 77 މެންބަރުންގެ އިއްތިފާގުންނެވެ.

ކުންފުނިތަކުގެ ގާނޫނަށް އިސްހާލު ހުށަހަޅުއްވާފައިވަނީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެއެވެ. އެ އިސްލާހުގައިވާ ގޮތުން ކުންފުނިތަކުގެ ޖަލްސާ ބޭއްވުމަށް އެދި ލިއުން ލިބޭތާ ތިން ދުވަހުގެ ތެރޭ ދައުވަތު ދޭން ޖެހޭނެއެވެ. އަދި ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ 10 ދުވަހުގެ ތެރޭ ޖަލްސާ ބާއްވަން ޖެހޭނެއެވެ.

ބިލުގައިވާ ގޮތުން އިސްލާހު ހުށަހަޅާފައި ވަނީ ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދެވޭ ގޮތަށާއި، ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ ދިހަ ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވުމަށެވެ. އަދި އިސްލާހުގައި ވަނީ ޕަބްލިކް ނުވަތަ ޕްރައިވެޓް ކުންފުންޏެއް ނަމަ ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން ހަތް ދުވަސް ކުރިން އެ ކުންފުނީގެ މެމްބަރުންނަށް ނޯޓިސް ފޮނުވުމަށެވެ.

މީގެއިތުރުން ދެން އިސްލާހު ހުށަހަޅާފައި ވަނީ ކުންފުންޏެއްގައި މަދުވެގެން ތިބެން ޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރު ކުރެވޭ ގޮތަށެވެ. ކުންފުނީގައި ބަޔާން ކުރާ އަދަދަށް ޑިރެކްޓަރުން ނެތިގެން އެކަން ސަމާލުކަމަށް ގެނައުމުން ބޭނުންވާ އަދަދަށް ޑިރެކްޓަރުން އައްޔަނު ކުރުމުގެ ބާރު ރެޖިސްޓްރާއަށް ލިބިގެންވާކަމަށް އިސްލާހުގައި ވެއެވެ. އަދި ރެޖިސްޓްރާ އެގޮތަށް އެންގުމުން ދިހަ ދުވަހުގެ ތެރޭގައި ޑިރެކްޓަރުން އައްޔަނުކޮށް އެ މައުލޫމާތާއި އެކު އެކަން ރެޖިސްޓަރާއަށް ކުންފުންޏަކުން ހުށަހަޅަން ވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: