ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންކަރިން ހިދުމަތަށް އެދި ބުކިންތައް މިހާރުވެސް ލިބޭ: އެސްޓީއޯ

ބަންކަރިންގ ހިދުމަތްދޭ ބޯޓު، މެރިން ބެލާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މި މަހުގެ 19 ވަނަ ދުވަހު ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތް ފެށުމަށް ވަނީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި މިހާރު ވެސް ބަންކަރިން ހިދުމަތަށް އެދި ބުކިންތައް ލިބެމުން އަންނަ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން މީޑިއާތަކަށް ހިއްސާ ކުރި މައުލޫމާތުގައި ވަނީ ބަންކަރިން ހިދުމަތް ފެށުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ނިންމާފައިވާ ކަމަށެވެ. ބަންކަރިންގ ޚިދުމަތުގެ އިތުރުން، އެހެނިހެން އެހީތެރިކަމުގެ ޚިދުމަތްތައް ނުވަތަ އިތުރު ހިދުމަތްތައް އެ ސަރަހައްދުގައި ފޯރުކޮށްށްދެވޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނެފައިވަނީ މިހާރުވެސް ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތަށް އެދި ބުކިންގތައް ލިބެމުންދާކަމަށާއި އަދި މި ޚިދުމަތް ފެށި އިތުރަށް ފުޅާކޮށް، އިތުބާރުހުރި ޚިދުމަތަކަށް ހެދުމާއެކު މާކެޓް އިތުރަށް ފުޅާވެގެންދާނެކަމުގެ ޔަޤީންކަން އޮތްކަމަށެވެ. އާންމު ގޮތެއްގައި މި ސަރަޙައްދުގައި (އިންޑިއަން ސަބް ކޮންޓިނެންޓް) ބަންކަރިންގ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ކޮލަމްބޯ، ސްރީލަންކާއިން އަދި އިންޑިއާގެ ބަނދަރުތަކުން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން އެންމެ ފުރަތަމަ ބަންކަރިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ރާވާފައިވަނީ އެމްއެސްއެސް އިން އޮޕަރޭޓް ކުރަމުން އަންނަ ”ވައި.ސީ ބެރިއާރ“ އަށް ކަމަށާއި މިއީ އުޅަދުގެ ޝެޑިއުލްޑް ބަންކަރިންއެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި މީގެ ކުރިންނަމަ މި އުޅަނދުގެ ދަތުރު ޝެޑިއުލްއާއެކު ބަންކާކުރަމުން އައީ ކޮލަންބޯއިން ކަމަށްވެސް ވަނީ ބުނެފައެވެ. ސަބަބަކީ ލޯ ސަލްފާ ފިއުލް އޮއިލް މީގެކުރީ ލިބެން ނުހުންނާތީ ކަމަށ ްއެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނެފައިވަނީ ”ވައިސީ ބެރިޔާ“ އަކީ ކޮލަމްބޯއާއި މާލެއާ ދެމެދު ދަތުރުކުރާ އުޅަނދެއް ކަމަށާއި މި އުޅަނދު މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުންކުރާކަމަށެވެ. އަދި މި އުޅަނދުގައި 1،100 ކޮންޓެއިނަރ އުފުލުމުގެ ޤާބިލުކަން ހުންނަ ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: