ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އާއްމު ނުކުރުމަށް އެދިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އާއްމު ނުކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީ އާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އާއިލީ ތަރައްގީ އާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ ކުޑަކުދިންގެ ހައްޤުތައް ރާއްކާތެރިކުރުމުގެ ޤާނޫނު ގެ 33 ވަނަ މާއްދާގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން ޢާއްމުކޮށްގެން ނުވާނެ ކަމަށާއި، ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެނޫން ވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތަޢުލީމު، ޙާސިލުކުރާ ތަނުގެ މަޢުލޫމާތު ފަދަ ޒާތީ މަޢުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް، ނުވަތަ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް މީޑިއާގައި ނުވަތަ އެނޫން ވެސް ވަސީލަތެއްގައި ޝާއިޢުކޮށްގެން ނުވާނެކަން ވަނީ ބަޔާންކޮށްފަ އެވެ.

އެ ވުޒާރާއިން ބުނެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުކުރާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކަކުގެ ސަބަބުން، ނުސީދާގޮތުން ނަމަވެސް އެކުދިންނަކީ ކޮންބައެއްކަން އާންމުންގެ ތެރެއިން ބަޔަކަށް އެނގި އެ ކުދިންނަށް ނަފްސާނީ ގޮތުން އިތުރު ގެއްލުންތައް ލިބި ކުދިންގެ ކަރާމާތަށް އުނިކަން ލިބިގެންދާކަމީ ކަންބޮޑުވާ ކަމެއްކަމަށެވެ.

އެހެންކަމުން ކުދިންގެ ކަރާމާތަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްޓަކައި އެފަދަ ފޮޓޯތައް މީޑިއާގައި ދައުރު ނުކުރުމަށް ހުރިހާ މީޑިއާތަކަށް އެ ވުޒާރާއިން ވަނީ އިލްތިމާޒް ކޮށްފައެވެ. އަދި ކުދިންގެ ކަރާމާތަށް އުނިކަމެއް ލިބިދާނެފަދަ އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯ އާންމު ނުކުރުމަށް މީޑިއާ މެދުވެރިކޮށް އާންމު ރައްޔިތުންނަށް ބުނެދީ ހޭލުންތެރިކުރުމަށް މަސައްކަތްކޮށްދެއްވުމަށްވެސް ވަނީ އެދިފައެވެ.

ކުއްޖަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބޭކަން އެނގިއްޖެ ހާލަތުގައި ވުޒާރާގެ ޗައިލްޑް ހެލްޕް ލައިން 1412 އަށް ގުޅުއްވާ ރިޕޯޓު ކުރެއްވުމަށް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: