ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާއިން ކަނޑާލައި ތިނަދޫ އާއި އަލިފުށީގެ އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓުވާލައިފި: ފައްޔާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބަށް ވި ވައުދުތަކާ ހިލާފަށް އިތުރު ގޮތެއް ނުދައްކައި މި ސަރުކާރުން މުވައްޒަފުން ވަކި ކުރަމުންދާކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސިޔާސީ ބޭނުމަށް މުވައްޒަފުން ވަކި ކުރަމުންދާކަމަށް ތުހުމަތު ކުރައްވައި ފައްޔާޒް ވިދާޅުވީ މި ހަފްތާގައި ބޭއްވި މާރަންދޫ ކައުންސިލުގެ ބައި އިލެކްޝަން ކާމިޔާބު ކުރަން ފެނަކައަށް 12 މުވައްޒަަފުން ނެގިއިރު ތިނަދޫ އާއި އަލިފުށީގެ އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓުވާލީ ވަޒީފާއިން ކަނޑާލައިގެން ކަމަށެވެ.

ހަރަދު ކުޑަކުރުމުގެ ނަމުގައި މީހުން ވަޒީފާތަކުން ކެނޑުމަށް ފަހު ހައްދެއް ނެތި ސިޔާސީ މުވައްޒަފުން ނަގަމުން ދިޔުމުން އެނގެނީ ސަރުކާރުގެ އިހުލާސްތެރިކަން ނެތްކަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ސިޔާސީ ބާރުވެރިކަން އިތުރުކުރަން ވަޒީފާގެ ބިރު ދައްކައިގެން ނުވާނެ ކަމަށާއި ވަޒީފާއިން ވަކިކުރުމުގެ ކުރިން އިތުރު ގޮތެއް ހޯދައިދިނުމަށް މަސައްކަތުން އެމަގުން ކަންކަން ކުރިކަން ރައްޔިތުންނަށް އަންގާދިނުމަކީ ސަރުކާރުގެ ޒިންމާގެ އެންމެ ކުޑަ މިންވަރު ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

އާރްޑީސީގެ ފަރާތުން މީޑިއާތަކަށް މީގެކުރިން މައުލޫމާތު ދެމުންވެސް ބުނެފައިވަނީ ކޮންޓްރެކްޓް އުސޫލުން އަބަދުވެސް ކުންފުންޏަށް މުވައްޒަފުން ނަގާ ކަމަށެވެ. އެހެންނަމަވެސް އެއީ ދާއިމީ މުވައްޒަފުން ނޫން ކަމަށާއި އެ ކޮންޓްރެކްޓެއް ހަމަ ވުމާއެކު ކުންފުނިން އެ މުވައްޒަފަކު ދޫކޮށްލާނެ ކަމަށާއި އަދި ކޮންޓްރެކްޓް އައު ނުކުރުމުގެ ހުއްދަ ކުންފުންޏަށް ލިބިގެންވާ ކަމަށެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: