ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ ޓަރޝަރީ ހޮސްޕިޓަލުން މުޅި ހުވަދުއަތޮޅަށް ފައިދާ ކުރާނެ: ޑރ ޙަލީލު

ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިނަދޫ ޓަރޝަރީ ހޮސްޕިޓަލު ޤާއިމްކުރެވުމުން މުޅި ހުވަދުއަތޮޅަށް ފައިދާ ކުރާނެ ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާލުވީ، ތިނަދޫ ސިޓީގެ ރައްޔިތުން ބޭނުންވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ކަމަށެވެ. އަދި އެ މަޝްރޫއު ނިމުމާއެކު ހުވަދު އަތޮޅުގެ ސިއްޙީ ދާއިރާއަށް ފައިދާ ތަކެއް ވެގެންދާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ސިއްޙަތާ ބެހޭ ވަޒީރު ތިނަދޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަލަށް ގާއިމުކުރި ރިޕްރޮޑަކްޓިވް ހެލްތު ސެންޓަރާއި ބްލަޑް ބޭންކުވެސް ވަނީ ހުޅުވައި ދެއްވައިފައެވެ.

ވަޒީރު ވިދާޅުވީ، އެމަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވައި ކަމަށެވެ. ތިނަދޫގައި ސިއްޙީ ދާއިރާ ފުޅާކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން އެ ސިޓީގައި ވެލްނެސް ސެންޓަރެއް ހިމެނޭހެން އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރެއް ތަރައްގީ ކުރެވިގެންދާނެ އެވެ. އަދި އެމްއާރުއައިގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އުންމީދަކީ އަންނަ އަހަރު ތެރޭގައި އެެ މަސައްކަތް ފެށުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުުން ބައިނަލްއަގުވާމީ ފެންވަރުގެ ޓެކްނޮލޮޖީތަކާއެކު އޮޕަރޭޝަން ތިއޭޓަރުތަކެއް ތަރައްގީ ކުރެވިގެންދާނެކަމަށް ވަޒީރު ވަނީ ފާހަގަކުރައްވައި ފައެވެ. ރާއްޖޭގެ އެކި ރައްތަކުގައި ބޭސް ނުލިބުމުގެ ދަތިތަކަށް، އަލި އަޅުވައިލައި ވަޒީރު ވިދާޅުވީ، ބޭސް ނުލިބުމުގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: