ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްއެޗްއޭއެމް 2024ގެ ޑިޖިޓަލް ޕާޓުނަރަކަށް ދިރާގު!

ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ދިރާގު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސްގެ(އެފްއެޗްއޭއެން) ޑިޖިޓަލް ޕާޓުނަރުކަމަށް ދިރާގު ހަމަޖައްސަައިފިއެވެ.

ދިރާގުން މައުލޫމާތު ދީފައިވާގޮތުން، މީގެ ކުރިންވެސް އެ ކުންފުނިން ޑިޖިޓަލް ޕާޓުނަރުކަން އަދާކޮށްފައިވާނެކަމަށެވެ. އަދި މިހާރު ”އެފްއެޗްއޭއެމް“ގެ ގްލޯބަލް ކަލިނަރީ ޗެލެންޖު އެންޑް އެކްޒިބިޝަން 2024ގެ ޑިޖިޓަލް ޕާޓުނަރުކަމަށް ސޮއިކޮށްފައިވާކަމަށް ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން އެފްއެޗްއޭއެމްއަކީ ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު އެއް ކަލިނަރީ އިވެންޓުކަމަށާއި މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ހޮސްޕިޓާލިޓީ ޓްރޭޑް ފެއަރކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި މި ހަރަކާތުގައި ގިނަ އަދަދެއް ތަފާތު ދާއިރާތަކުގެ ބައިވެރިން ޝާމިލުވާނެކަމަާއި އޭގެ ތެރޭގައި ބައިނަލްއަގުވާމީ ކުންފުނިތަކާއި ރާއްޖޭގެ ކުންފުނިތަކުގެ އިތުރުން ކަލިނަރީ އެކްސްޕާޓުންވެސް ހިމެނޭކަމަށް ބުނެފައިވާއިރު ރިސޯޓު އޮޕަރޭޓަރުންނާއި ހޮސްޕިޓާލިޓީ ދާއިރާއަށް ޝައުގުވެރިވާ މީހުންވެް ހިމެނޭކަމަށް ބުނެފައިވެއެވެ.

އެހެންކަމުން އެފްއެޗްއޭއެމްއިން މި އަހަރު ބާއްވާ ހަރަކާތުގައި ޑިޖިޓަލް ޕާޓުނަރުކަމަށްވެ ޑިޖިޓަލް ސޮލިއުޝަންތައް ހޯދައިދިނުމަށާއި ޒިޔާރަތްކުރާ މީހުންގެ އިތުރުން ބައިވެރިންގެ ތަޖުރިބާ ރަނގަޅުކުރުމުގައި އެއްބާރުލުން ދިނުމަށް ފުރުސަތު ލިބިފައިވުމާއިމެދު އުފާކުރާކަމަށާއި ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާގެ ޑިޖިޓަލް ޕާޓުނާގެ ހައިސިއްޔަތުން މިފަދަ އިވެންޓުތަކާއި މަސައްކަތްތަކުގައި ބައިވެރިވެ ރާއްޖޭގެ ބްރޭންޑު ޕްރޮމޯޓުކޮށް އިންޑަސްޓްރީގެ ޕާޓުނަރުންނާއިއެކު މަސައްކަތްކުރަން ލިބުމަކީ ފަހުރެއްކަމަށެވެ.

އެފްއެޗްއޭއެމް 2024 ކުރިއަށްދާނީ ސެޕްޓެމްބަރު 22 އިން 25 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައެވެ. މި އިވެންޓު އޮގަނައިޒްކޮށްފައިވަނީ ސީޑީސީ އިވެންޓްސް އެންޑް ޓްރެވެލްސްއާއި ގުޅިގެން ދިވެހި އެކްސްޕޯ ސާވިސަސްއިންކަމަށްވާއިރު ދިވެހިރާގުންވަނީ ދިވެހިރާއްޖޭގެ މައި ދާއިރާތަކުގެ ޕްރޮގްރާމްތަކާއި އިވެންޓުތައް ހަރުދަނާކުރުމުގއި އެއްބާރުލުން ދޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: