ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އ.ދގެ އާއްމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރު ކުރެވުމަށް އެމެރިކާގެ ނިއުޔޯކަށް ރައީސް ވަޑައިގެންފި

ރައީސް އެމެރިކާގެ ނިއުޔޯކުގައި ---- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އ.ދގެ އާއްމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރު ކުރެވުމަށް އެމެރިކާގެ ނިއުޔޯކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މިއީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް އެމެރިކާއަށް އަދި އދ.އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެމެރިކާއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާވިދާޅުވީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަލީ ނަސީރު މުހައްމަދެވެ.

މި ދަތުރުފުޅުގައި އދ.ގެ އާންމު މަޖިލީހުގެ އެކި ބައްދަލުވުންތަކުގައި ރައީސް ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އދ.ގެ ސަލާމަތީ މަޖިލީހުގެ ހާއްސަ ބަހުސެއްގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ ”ސަމިޓް އޮފް ދަ ފިއުޗަރ“ގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާ މުހާތަބުކުރައްވައި ރައީސް ތަގުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މީގެއިތުރުން އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމުގެ ކުރިން ރައީސް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެއަށް އެންމެ ފައިދާ ކުރާނީ ބައިނަލް އަޤްވާމީ ދުނިޔެ އާއި ގުޅިގެން ކަމަށާއި އަދި ރާއްޖެއަށް ފައިދާހުރި އެކި މަސައްކަތް ކޮށްދެއްވާނެ ފަރާތްތަކާއި މަޝްވަރާކުރެވިގެން ކަމަށެވެ.

ރާއްޖޭގެ އިޤްތިސާދީ ހާލަތު ގޯސް ދަނޑިވަޅެއްގައި އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަކީ ވަރަށް މުހިންމު ކަމެއް ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި މިއީ ތަމްސީލު ކުރުމަށް ލިބިގެންދާ ފަހި ފުރުސަތެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: