ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުނަރުވެރި ޒުވާނުން އެބަތިބި، އެވޯޑަށް ކުރިމަތިލުމަކީ ކުރިޔަށް ދާން ލިބޭނެ ހިތްވަރަކަށް ވާނެ: ޔޫތް މިނިސްޓްރީ

ޒުވާނުންގެ އެވޯޑު ދިނުމަށް މީގެ ކުރިން ބޭއްވި ހަފްލާގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޒުވާން ބާރުވެރި ކުރުވުމަށް ކުރާ މަސައްކަތާއި އެކު، ޔޫތް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ އެ ޒުވާނުން ދާއިރާއިން ގެއްލިޔަ ނުދީ ކުރާ މަސްއްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުންކަމަށް ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޖަވާޒު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި ޔޫތް އެވޯޑްސް 2024 ގެ މައުލޫމާތުތައް ދެއްވަމުން ޖަވާޒު ވިދާޅުވީ ގައުމަށް އަގުހުރި ހިދުމަތްކޮށް ރީތި ނަން ހޯދައިދޭ ޒުވާނުންނާއި އެކު، މުޖްތަމައުއަށް ނުހަނު ބޭނުންތެރި މަސައްކަތްތަކެއް ކުރާ އެތައް ޒުވާނުންތަކެއް އެބަތިބިކަމަށެވެ. ޔޫތް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ ޒުވާނުން ބާރުވެރި ކުރުވުންކަން ފާހަގަކޮށް ޖަވާޒު ވިދާޅުވީ ކުރިޔަށް އޮތް އަހަރުތަކުގެ ތެރޭގައި އެވޯޑު ދޭ ދާއިރާތައް އިތުރު ކުރެވިގެންދާނެ ކަމަށެވެ.

ޖަވާޒު ވިދާޅުވީ ޒުވާނުން ހަވާސާއިން ބޭރުވިޔަ ނުދިނުމަށް ކުރާ މަސައްކަތާއި އެކު، އެކި މަސައްކަތުގައި އެ މީހުން ޝާމިލުވެ އުޅޭ މަންޒަރު ފެންނަކަމަށެވެ. އަދި ޒުވާންނަކީ ވެސް އެކަކު އަނެކަކަށް އެހީވެ، ހިތްވަރަކަށްވެ އެހީތެރިކަން ފޯރުކޮށްދޭ ބައެއްކަން ޖަވާޒު ފާހަގަކުރެއްވި އެވެ.

ޒުވާނުންގެ އެވޯޑު ހާއްސަ ވަނީ ޖަވާޒު ވިދާޅުވި ގޮތުގައި، މިއީ ޒުވާނުންގެ މަސައްކަތްތައް ބަލައިގަނެ އަގުވަޒަން ކުރުމުގެ ގޮތުން އެކި ދާއިރާތަކަށް ބަހާލައިގެން ދޭ އެންމެ މަތީ އެވޯޑަށް ވާތީ އެވެ.

ޖަވާޒު ވިދާޅުވީ ޒުވާނުން މުޖްތަމައުގައި ކުރާ މަސައްކަތްތައް އާންމުން ބަލައިގަންނަކަމަށާއި، އަދި އެ މަސައްކަތް ގުޅިފައި ވަނީ ވެސް ވަށައިގެންވާ މާހައުލަށް އޭގެ ސަބަބުން ކުރާ މަންފަތަކަށްކަމަށްވުމާއި އެކު އެކަން ބަލައިގަނެ އަގުވަޒަން ކުރުން މުހިންމުކަމަށެވެ. ޒުވާނުން ކުރާ މަސައްކަތްތައް އާންމުންނަށް ފެނި، ކުރިޔަށް ދިއުމަށް އިތުރު ހިތްވަރެއް ދިނުމަކީ ވެސް މި އެވޯޑުގެ މަގްސަދެއްކަމަށް ޖަވާޒު ވިދާޅުވި އެވެ.

ސަރުކާރަކުން ޒުވާނުންގެ މަސައްކަތެއް ބަލައިގަނެ، އެކަމަށް ހާއްސަ އެވޯޑެއް ދިނުމަކީ ލިބޭ ހިތްވަރަކަށްވާނެކަމަށް ޖަވާޒު ވިދާޅުވި އެވެ.

ހާއްސަކޮށް ޒުވާނުން ބަލައިގަތުން ނުވަތަ ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ލިބިގެން ދިއުން.. އެއީ މި އެވޯޑުގެ އެއް އަސާސް.. އޭގެ ތެރޭގައި ޒުވާނުން ކުރާ މަސައްކަތްތައް އާންމުންނަށް ފެނިގެން ދިއުން.. ހާއްސަކޮށް އެވޯޑުގެ ބައެއް ދާއިރާތައް އެބަހުރި، ހަމައެކަނި އެ ކުރާ މަސައްކަތްތަކުން އާމްދަނީ ލިބުމުގެ، އިތުރަށް.. ހަމަހަމަކަން ނުވަތަ އެ ނޫނިއްޔާމު ކުރާ މަސައްކަތުގެ ތެރެއިން އާންމުންނަށް ނުހަނު ގިނަ ފައިދާތަކެއްވާ..

ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ. މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.

އެޕްލިކޭޝަން ބަލައިގަތުން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށެވެ. ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި ކުރިން އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: