ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނުން ވަނީ އެކުވެރިކަމާއި އެކު އުޅޭ، އެއްބައިވަންތަ ދައުލަތްތަކެއް: ރައީސް

އދ. ގެ އާއްމު މަޖިލީހުގައި ރައީސް ތަގުރީރުކުރެއްވުން ---- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭނުން ވަނީ އެއްބައިވަންތަ އެކުވެރި ދައުލަތްތަކެއްކަމަށާއި، ބައިބައިވެ މާޔޫސްވެފައިވާ އދ. އެއް ބޭނުން ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ރައީސް މުއިއްޒުގެ ވާހަކަފުޅުމުގައި އެމަނިކުފާނު ވަނީ މުހިންމު މައްސަލަތައް ހައްލު ކުރުމުގައި ބައިނަލްއަޤުވާމީ އެއްބައިވަންތަކަމަށް ގޮވާލައްވާފަ އެވެ. ދުނިޔެއަށް މިއަދު އެތައް މައްސަލަތަކެއް ކުރިމަތިވެފައި ވަނީ، އަމިއްލަ އަމަލުތަކެއްގެ ސަބަބުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބޭނުން ވަނީ އެކުވެރިކަމާއި އެކު އުޅޭ، އެއްބައިވަންތަ ދައުލަތްތަކެއްކަމަށެވެ. އަދި މާޔޫސްވެފައިވާ، ބައިބައިވެފައިވާ އދ. އެއް ވެސް ބޭނުން ނުވާކަމަށް ވިދާޅުވި އެވެ.

އދ. އިން ފަރުދީ ދިރިއުޅުމަށް ހަގީގީ ނުފޫޒު ފޯރުވަން ޖެހޭނެކަމަށާއި، އދ. ގެ ނިންމުންތައް ފުރިހަމައަށް ތަންފީޒު ވެސް ކުރެވެން ޖެހޭނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް އެހީތެރިވެދޭ މަލްޓިލެޓްރަލް ނިޒާމެއް ބޭނުންވެ އެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ހަމަނުޖެހުންތައް ހައްލުކުރުމާއި ބޭއިންސާފު ނައްތާލުން ފަދަ މުހިންމު މައްސަލަތައް ހައްލުކުރުމުގައި އެކަށީގެންވާ ގޮތެއްގައި އދ. އިން މަސައްކަތް ނުކުރާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޔޫއެންޖީއޭ 79 ވަނަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އދ. ހަރުދަނާކުރުމަށް ފުޅާދާއިރާއެއްގައި އިސްލާޙުތަކެއް ގެނައުމަށް ގޮވާލައްވާފައެވެ. އެ ޖަމްޢިއްޔާގެ މުހިންމުކަން ދެމެހެއްޓޭނީ، ޙަޤީޤީ، އެދެވޭ ބަދަލުތަކެއް ގެނައުމުގެ ޤާބިލުކަން އދ. ގެ ކިބައިގައި ހުރެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އދ. އަކީ ސުލްޙައާއި، ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ ވަރުގަދަ ބާރަކަށް ހެދުމަށްޓަކައި، ލީޑަރުންގެ ކިބައިން، ސީދާ ޙަރަކާތަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: