ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ ދަތިތަކަށް ވުރެ ބޮޑަށް، ދިމާވެފައި ވަނީ ގައުމުގެ މާލީ ހާލަތަށް ހުރި ގޮންޖެހުންތައް: ސައީދު

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިނޮކޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަނީގެ ހާލަތު ރަނގަޅު ކުރުމަށް ވިސްނުންތެރިކަމާއި އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ނަތީޖާތައް ފެންނަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ރައީސް މުއިއްޒު ތަގުރީރު ކުރެއްވުމާއި ގުޅޭގޮތުން، ސަންގުޓީވީން ގެނެސްދިން ”ދިވެހިން އދ. ގައި ފަހުރުވެރިކަމާއި އެކު“ ކަވަރޭޖުގައި ސައީދު ވިދާޅުވީ އިގްތިސާދީ ދަތިތަކަށް ވުރެ ބޮޑަށް، ދިމާވެފައި ވަނީ ގައުމުގެ މާލީ ހާލަތަށް ހުރި ގޮންޖެހުންތައް ކަމަށެވެ. އެގޮތުން އިގްތިސާދު ވަޒަން ކުރާ، އިންޑިކޭޓަރުތަކަށް ބަލާއިރު ސައީދު ވިދާޅުވި ގޮތުގައި ފަތުރުވެރިކަމާއި އެ ދާއިރާ ވަށައިގެން ހުރި ދާއިރާތައް ދަނީ ކުރިއަރަމުންނެވެ. ބޭރުގެ ބޭންކުތަކާއި ބައިނަލްއަޤުވާމީ މާލީ އިދާރާތަކަށް އެކަން ސާފުވާކަމަށާއި، ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލު ކުރައްވާ އެކިއެކި ފަރާތްތަކަށް ވެސް އެކަން އެނގޭކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މައްސަލައަކީ މަލީ ހާލަތުކަމަށާއި، ރާއްޖެ ނަގާފައި ހުރި ލޯނުތަކަކީ ބޮޑެތި ގައުމުތަކުން ނަގާފައި ހުރި ލޯނުތަކަށްވާއިރު މިއީ ކަނޑައެޅިފައިވާ ވަކި މުއްދަތުތަކެއްގެ ތެރޭގައި އިންޓްރެސްޓު ރޭޓެއް ހިމަނައިގެން އަނބުރާ ދައްކަން ޖެހޭ ދަރަނިކަމަށް ސައީދު ވިދާޅުވި އެވެ. ރައްޔިތުންގެ ބޭނުންތަކަށް ސަރުކާރުތަކުން ނަގާފައި ހުރި ބައެއް ލޯނުތަކަކީ ދެމެހެއްޓެނިވި އާމްދަނީއެއް ލިބޭނެ އިންވެސްޓްމަންޓުތަކުގެ ގޮތުގައި ނަމަވެސް، ގިނަ އަދަދެއްގެ ލޯނުތައް ހުރީ އާމްދަނީއެއް ނުލިބޭ ގޮތަށް ހުރި އިޖްތިމާއީ ކަންތައްތަކަށް ކުރާ ހަރަދެއްގެ ގޮތުގައި ކަމަށެވެ.

އެހެންވީމަ ލޯނުތައް އަދާކުރަން ޖެހޭ ތާރީހުތަކަށް ވަންނައިރުގަ.. އެ ލޯނުތައް އަދާކުރެވޭނެ ގޮތްތަކެއް ނެތީމަ، މިއުޅޭ މައްސަލަތަކެއް މިއުޅެނީ.. ދިވެހިރާއްޖެ އެ ހާލަތުން ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްތަކަކީ އެ ލޯނުތައް ދީފައި ހުރި ފަރާތްތަކާއި ވާހަކަ ދައްކައިގެން، އެ ދައްކަން ޖެހޭ މުއްދަތު އިތުރު ކުރުމާއި އަދި އެ ލޯނުތަކުގެ ދައްކަން ޖެހޭ އަދަދު އެއްވެސް ވަރަކަށް މައާފު ކުރެވިދާނެތޯ، ނުވަތަ ރީއޮގަނައިޒް ކުރެވިދާނެތޯ ބެލުން..

ރާއްޖޭން އަދާކުރަން ޖެހޭ ލޯނުތަކުގެ ތާރީހުތަކަށް ދާއިރު، ރައީސް މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެފަރާތްތަކާއި ވާހަކަ ދައްކައިގެން ލުއި ގޮތްތަކެއް ހޯދުމަށްކަމަށް ސައީދު ވިދާޅުވި އެވެ. އަދި މުއްދަތު އިތުރު ކުރުން ނުވަތަ މައާފު ކުރެވޭނެ މަގެއް އޮތްތޯއާއި، ރީއޮގަނައިޒް ކުރެވޭނެ ގޮތެއް އޮތްތޯ ރައީސް ގެންދަވަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ.

ސައީދު ވިދާޅުވީ ރައީސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަރަށް ވިސްނުންތެރިކަމާއި އެކުކަމަށާއި، ލޯނުތަކަށް ދޫކޮށްފައި ހުރި ބޭންކުތަކާއި ކުރެވޭ މަޝްވަރާގެ އަލީގައި އޭގެ ނަތީޖާ ފެންނަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: