ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ވިދާޅުވީ، ދުނިޔޭގެ ބެންކުތަކުން ލުއި ފައިނޭންސިންގް ލިބެންޖެހޭ ވާހަކަ: ސައީދު

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިނޮކޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އދގައި ވިދާޅުވީ ދިވެހިރާއްޖެ ފަދަ ގައުމުތަކަށް ދުނިޔޭގެ ބެންކުތަކުން ލުއި ފައިނޭންސިންގް ލިބެން ޖެހޭ ވާހަކަ ކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ބައިވެރިވެޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މައިކެއް އަތުޖެހޭ އިރަށް ކޮންމެ ވެރިޔަކުވެސް ދުނިޔެ ހޫނުވަމުންދިއުމުގެ މައްސަލައާއި ތިމާވެށީގެ އިތުރުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދިއުމުގެ މައްސަލައާއިމެދުވެސް ކަންބޮޑުވާ ވާހަކަތައް ދައްކާ ކަމަށެވެ. ސައީދު ވިދާޅުވީ، ރާއްޖެއާއި ދޭތެރޭ ވަރަށް ހަމްދަރުދީވާ ވާހަކައިގެ އިތުރުން ރަށްތައް ގިރަމުންދާ ވާހަކައާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތިތައް ހުރިކަމުގެ ވާހަކަތަކަކީ ހުރިހާ ވެރިންވެސް ދައްކަވާ ވާހަކަތަކެއްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ކުރާ ޒިޔާރަތްތަކާއި ރާއްޖޭގެ ވާހަކަތައް އަޑުއިވުމުންވެސް އެފަދަ ވާހަކަތައް ދައްކާކަމަށާއި ބެންކުތަކުންވެސް ދައްކަމުންދަނީ އެވާހަކަތައްކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ތަރައްގީއަށް ފައިސާ ދޭން ނުވަތަ އިންވެސްޓުކުރަން ބުނުމުން މާކެޓު ކުޑަ ވާހަކަ ނުވަތަ ގޮންޖެހުންތައް ބޮޑު ވާހަކަތައް ހިއްސާކުރާކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ނާޒުކުކަމުގެ ވާހަކަތައް އެއްކޮޅުން ދެއްކުމަށްފަހު ބޮޑެތި ގައުމުތަކުން ސިނާއީ މަސައްކަތްތައް ކޮށް ވިހަ ގޭސްތައް ޖައްވަށް ފޮނުވައި މޫސުމަށް ބަދަލުތައް އަންނާނެ ފަދަ އެތައް ކަމެއް ކުރާކަމަށެވެ. އަދި ރާއްޖެއިން އެފަދަ އެއްވެސް ކަމެއް ނުކުރާއިރު އެކަމުގެ ނޭދެވޭ އަސަރުތައް ރާއްޖެއަށް ކުރުމުން ދެކޮޅު ނުޖެހޭކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް އދގައި ދައްކަަވަމުންދަނީ އެ ވާހަކަތައްކަމަށާއި ރައީސް ވިދާޅުވަމުންދަނީ އިންފްރާސްޓްރަކްޗާގެ އިތުރުން ޕްރައިވެޓް ސެކްޓާރ ބައިނަލްއަގުވާމީ ވިޔަފާރި މައިދާނަށް ނެރުމަށްޓަކައި ދުނިޔޭގެ ބެންކުންތަކުން ލުއިފަސޭހަ ގޮތެއްގައި ފައިނޭންސިންގް ލިބެން ޖެހޭ ވާހަކަ ކަމަށެވެ.

ސައީދު ވިދާޅުވީ، ޑިޖިޓަލީ އެކަހެރި ގައުމެއްގެ ގޮތުގައި ރާއްޖެ ވެގެން ނުވާނެ ވާހަކައިގެ އިތުރުން ބައިނަލްއަގުވާމީ ކެޕިޓަލް މާކެޓާއި ގުޅުން ކެނޑިފައި އޮވެގެން ނުވާނެކަމަށްވެސް ރައީސް ވިދާޅުވާކަމަށެވެ. އަދި މި ގައުމަކީ ފައިނޭންސް ސެކްޓާރއާއި ބީރައްޓެހި ގައުމެއްގެ ގޮތުގައި ވެގެން ނުވާނެ ވާހަކަވެސް ރައީސް ހިއްސާކުރެއްވިކަމަށާއި، އެއީ ކުރިމަގުގައި ރާއްޖޭގެ ކަންކަމާއި ހަވާލުވާން ތިބި ޖީލުތަކުން ކަންކަން ވާން ބޭނުންވާ ގޮތް ނޫންކަމަށް ވިދާޅުވެފައިވާކަމަށް ފާޙަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: