ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިހާދު ދިރިއުޅޭ އެޑްރެސް ނޭނގޭތީ، ޗިޓު ހަވާލު ނުކުރެވިގެން ހައިކޯޓުން މައްސަލަ އަނބުރާ ފޮނުވާލައިފި

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީގެ ޗެއާޕާސަން އަބްދުﷲ ޖިިހާދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކުރިޔަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން، އެ މައްސަލަ އިސްތިއުނާފުކޮށް ދައުލަތުން ހައިކޯޓަށް ހުށަހެޅު މައްސަލަ އަނބުރާ ފޮނުވާލައިފި އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ އަނބުރާ ފޮނުވާލާފައި ވަނީ، ޖިހާދު މިހާރު ދިރިއުޅުއްވާ ގޭގެ އެޑްރެސް ސާފު ނުވާތީ އެވެ. މިދިޔަ ހަފްތާގައި މައްސަލަ ހައިކޯޓުން އަނބުރާ ފޮނުވާލައި ބުނެފައި ވަނީ ޖިހާދު މިހާރު ދިރިއުޅޭ އެޑްރެސްކަމަށް ޕީޖީ އޮފީހުން ކޯޓަށް ފޮނުވި އެޑްރެހުގައި އޭނާ ދިރިނޫޅުއްވާކަމަށް އެ ގެއަށް ޗިޓު ހަވާލު ކުރަން ދިއުމުން ބުނެފައިވާކަމަށެވެ.

މައްސަލަ އަނބުރާ ފޮނުވާލި ނަމަވެސް ޖިހާދަށް ޗިޓު ރައްދު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އޭނާ ދިރިއުޅޭ ގެ ސާފު ކުރުމަށް ފަހު މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޖިހާދުގެ މައްޗަށް ދައުވާ ކުރީ އޭނާގެ ފިނޭންސް މިނިސްޓަރުކަމުގައި 2013 ވަނަ އަހަރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސޮއި ކުރި މައްސަލައިގަ އެވެ.

ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ޖިހާދުގެ މައްޗަށް ކުރީ ފުށިދިއްގަރުފަޅު ތަރައްގީ ކުރުމަށް ސަރުކާރާއި ބޭރުގެ ކުންފުންޏެއް ގުޅިގެން ކޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދިއިރު ލަފައާއި ހިލާފަށް ދިވެހި ސަރުކާރުގެ ހިއްސާއަކީ 25 އިންސައްތަކަމަށް އެއްބަސްވުމުގައި އޮއްވައި ސޮއިކުރިކަމަށް ބުނެއެވެ.

އެކަމަކު މި މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް، ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ ކުރިޔަށް ގެންދިއުމާއި މެދު މަދަނީ މިންގަނޑުން ބެލުމަށްފަހު އެވެ. އެއީ ތަހުގީގު މަރުހަލާގައި ގާނޫނީގޮތުން ގޯސްތަކެއް ހަދާފައި ހުރުމުގެ ސަބަބުންކަމަށް ނިންމުމުގައި ވެއެވެ.

ގާޒީ ހުސެއިން ފާއިޒް ރަޝާދުގެ އެ ނިންމެވުމުގައި ބުނެފައި ވަނީ، މިދިޔަ ސަރުކާރުން އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނުން މައްސަލަ ބެލީ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ބަލައި ނިންމާފައިވަނިކޮށްކަމަށެވެ. އަދި މައްސަލަ އަލުން ބެލި ސަބަބެއް ބުނެދެވިފައި ނުވާކަމަށް އެ ނިންމުމުގައި ވެއެވެ.

މީގެއިތުރުން މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ބަހަށް ތަހުގީގު މަރުހަލާގައި ބަލާފައިވާކަމަށާއި އޭނާއަކީ ޝައްކުގެ މަހައްލުގައި ހުރިމީހެއްކަމަށް ބުނެފައި ވެއެވެ. އަދި އޭނާގެ ބަހުގެ ތެދުކަން ކަށަވަރު ކުރުމަށް ވެސް މަސައްކަތްކޮށްފައި ނުވާކަމަށް ދަށު ކޯޓުގެ ނިންމުމުގައި ވެއެވެ.

ދައުލަތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ވެސް، ކްރިމިނަލް ކޯޓުގެ ނިންމުމާއި މެދު އަމަލު ކުރާނެ ގޮތުގެ ދިރާސާ ކުރުމަށް ގިނަ ދުވަސްތަކެއް ނެގުމަށް ފަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: