ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހުތިޖާޖު ކުރީ އިންޑިއާގެ ސިފައިން ތިބުމާ، އެ ގައުމާއިމެދު ދެކޮޅުވެރިކަމެއް ގެންގުޅެފައި ނުވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕްރިންސްޓަން ޔުނިވަރސިޓީގައި ތަޤުރީރުކުރެއްވުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރައްޔިތުންގެ ކަންބޮޑުވުމަކަށް ވީ ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމުވެ ތިބުންކަމަށާއި، ގައުމެއްގެ ގޮތުގައި އިންޑިއާއި އެއްވެސް ދެކޮޅުވެރިކަމެއް ގެންގުޅެފައި ނުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި، އިންޑިއާ ދެމެދުވެފައިވާ ބައެއް އެއްބަސްވުންތަކުގެ ދަށުން އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބުމަށް ޖާގަދެވިފައިވާކަމަށް ބުނެ މިދިޔަ ދެ އަހަރެއްގެ ތެރޭގައި ގިނަ މުޒާހަރާތަކާއި އިހުތިޖާޖުތައް ދިޔަ އެވެ. ސިފައިންގެ އަދަދު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، އެ ތަފްސީލު ހާމަ ކުރުމަށް ސަރުކާރުން ދެކޮޅު ހަދަމުން ގެންދިއުމުގެ ސަބަބުން ރައީސް މުއިއްޒުގެ އެންމެ ބޮޑު ރިޔާސީ ވައުދަކަށްވީ އިންޑިއާގެ ސިފައިން ތިބުމަށް ޖާގަ ދިން އެއްބަސްވުންތައް އުވާލުމެވެ.

ވެރިކަމަށް ތިން މަސް ދުވަހުގެ ތެރޭގައި ސިފައިން ފޮނުވާލުމަށް ފަހު އެ މީހުންގެ ބަދަލުގައި ހެލިކަޕްޓަރު އޮޕަރޭޓު ކުރުމަށް ރާއްޖޭގައި މިވަގުތު ތިބީ ސިވިލިއަނުން ނަމަވެސް އެ މީހުން ވެސް ވަކި މުއްދަތަކަށް ފަހު ރާއްޖެއިން ދާނެކަމަށް ސަރުކާރުން ހާމަކުރެ އެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރޭ ޕްރިންސްޓަން ޔުނިވާސިޓީގެ ”ޑީންސް ލީޑާޝިޕް ސީރިސް“ ގައި ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ދުވަސްވަރުގައި ވެސް އެމަނިކުފާނު ވަކާލާތު ކުރަމުން އައީ ގައުމުގެ ހަމަޖެހުމާއި މިނިވަންކަމުގެ ދިފާއުގައިކަމަށެވެ. އަދި ވަކި ގައުމަކަށް ވީތީ ޖައްސާލުމުގެ ސިޔާސަތެއް ދުވަހަކު ވެސް ގެންގުޅުއްވާފައި ނުވާނެކަން ފާހަގަކުރައްވައި ވިދާޅުވީ، އަބަދުވެސް އިސް ކުރައްވާފައި ވާނީ އެންމެ ފުރަތަމަ ރާއްޖެކަމަށެވެ.

އިންޑިއާ އައުޓްގެ ނަމުގައި ކެމްޕެއިނެއް ކުރިޔަށް ގެންދެވީ ކީއްވެގެންތޯ މޮޑެރޭޓަރ ސުވާލު ކުރުމުން ރައީސް ވިދާޅުވީ، އެއީ ސީދާ އެ ގައުމާއި ޖައްސާލައި އެ މާނައިގައި ކަނޑައަޅައި ހަރަކާތްތައް ހިންގި ޝިއާރެއް ނޫންކަމަށެވެ. ބޭނުން ނުވީ، އަދި ކޮންމެ ރައްޔިތެއް ވެސް ދެކޮޅުވީ އެ ގައުމުގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުންކަމަށާއި އިހުތިޖާޖު ކުރީ އެކަމާ ދެކޮޅަށްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ބޭރުގެ ގައުމެއްގެ ސިފައިން ތިބުމުން އެކަމާ އިހުތިޖާޖު ކުރުމަކީ، އިންޑިއާއި ދެކޮޅުވެ އެކަމަށް ނަފްރަތު ކުރުން ނޫންކަމަށެވެ. ދިވެހި ރައްޔިތުން ރާއްޖޭގައި އެއްވެސް ބޭރުގެ އަސްކަރީ ސިފައިންގެ އޮފިސަރެއް ހުރުމަށް ބޭނުން ނުވާކަމަށާއި، އެއީ އެންމެ ސިފައިންގެ އޮފިސަރެއް ނަމަވެސް ދިވެހިން ބޭނުންވާނެކަމެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ.

އެއީ ސީދާ އިންޑިއާ އައުޓެއް ނޫން.. އަޅުގަނޑުމެންނަށް އެންމެ ބޮޑު މައްސަލައަކަށް ވީ އެ ގައުމުގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބުން.. އެންމެ ބޭރު ސިފައިންގެ މީހެއްގެ ބޫޓު ވެސް ރާއްޖޭގެ ފަސް ގަނޑުގައި ހުންނާކަށް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ.. އޭގެ މާނައަކީ އަޅުގަނޑުމެން ދެކޮޅީ، އިންޑިއާ.. އެ ގައުމަކާއޭއެއް ނޫން.. ރާއްޖޭގައި ތިބީ އިންޑިއާއަށް ނިސްބަތްވާ ސިފައިން.. އެއީ އެހެން ގައުމަކަސް، އަޅުގަނޑުމެން ހަމައެކަމާ ދެކޮޅުވާނެ.. އަޑުއުފުލާނެ

ރައީސް ވިދާޅުވީ ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން ކުރެވުނު މަޝްވަރަތަކާއި އެއްގޮތަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އެނބުރި ގައުމަށް ގޮސްފައިވާކަމަށާއި، އެ މީހުންގެ ބަދަލުގައި އައި ސިވިލިއަނުން ރާއްޖޭގައި ހެލިކޮޕްޓަރ އޮޕަރޭޓު ކުރުމަށް ތިބޭނީ ވަގުތީ ގޮތުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: