ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެހެންދި ސްކޫލުގެ ޓީޗަރުންނާއި، މުވައްޒަފުންނަށް ކްލިކް ކޮމްޕިއުޓާސްއިން މުދާ އިންސްޓޯލްމެންޓަށް ދޫކުރުމުގެ އެއްބަސްވުމެއް

ރެހެންދިސްކޫލްގެ ސްޓާފުންނާއި ޓީޗަރުންނަށް ކްލިކް ކޮމްޕިއުޓަރސްއިން މުދާ އިންސްޓޯލްމަންޓް އަށް ދޫކުރުމުގެ އެމް.އޯ.ޔޫ ގައި ސޮއި ކުރުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރައިޕާޓީ އެގްރިމަންޓެއްގެ ދަށުން ރެހެންދި ސްކޫލުގެ ޓީޗަރުންނާއި، މުވައްޒަފުންނަށް ކްލިކް ކޮމްޕިއުޓާސްއިން މުދާ އިންސްޓޯލްމަންޓަށް ދޫކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އައިޓީއާ ގުޅޭ ހުރިހާ ސާމާނެއް އެއްތަނަކުން ލިބޭނެ އަދި ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ކްލިކްއަކީ ސްކޫލުތަކާއި ގާތް ގުޅުމެއް ބާއްވައި ދަރިވަރުންގެ ތައުލީމަށް ބޭނުންވާ ކޮމްޕިއުޓާރ ސިސްޓަމާއި ލެޕްޓޮޕް އަބަދުވެސް ފޯރުކޮށްދޭ ކުންފުންޏެކެވެ. އެގޮތުން ދާދި ފަހުން ވެސް ކްލިކް ކޮމްޕިއުޓާސްގެ ފަރާޓުން އަތޮޅު ތެރޭ ރަށެއްގެ ސްކޫލުގެ ކޮމްޕިއުޓަރ ލެބަށް ބޭނުންވާ ފަސް ސިސްޓަމްއާއި، ލެޕްޓޮޕް ހަދިޔާކޮށްފަ އެވެ.

ރެހެންދި ސްކޫލުގެ ޓީޗަރުންނާއި މުވައްޒަފުންނަށް އިންސްޓޯލްމަންޓަށް މުދާ ދޫކުރުމަށް އެއްބަސްވުމުގައި ސޮއިކޮށް އެ މައުލޫމާތު ހާމަކުރީ މިއަދު އެވެ. އަދި އެއްބަސްވުމާއި ގުޅޭ މައުލޫމާތު ދެމުން ބުނީ މިއީ ޓްރައިޕާޓީ އެގްރީމަންޓްއެއްގެ ދަށުން ކްލިކް ކޮމްޕިއުޓާސްއިން މުދާ އިންސްޓޯލްމަންޓަށް ދޫކުރުމުގެ މަސައްކަތުގެ ދަށުން ގާއިމު ކުރި އެއްބަސްވުމެއް ކަމަށެވެ.

”ސަންގު“ އަށް މައުލޫމާތު ދެމުން ކްލިކް ކޮމްޕިއުޓާސް ބުނެފައި ވަނީ މި އެއްބަސްވުމުގެ ދަށުން އެ ސްކޫލުގެ މުވައްޒަފުންނާއި ޓީޗަރުން ނަގާ އެއްވެސް މުދަލަކަށް އިންޓްރެސްޓު ނުނަގާނެ ކަމަށެވެ. އަދި ފިހާރައިން ވިއްކަން ހުރި އަގުގައި، މަސްތަކަށް ބަހާލައިގެން ދެއްކޭ ގޮތަށް ސްކީމް ހަމަޖެހިފައިވާނެކަމަށެވެ.

ކްލިކް ކޮމްޕިއުޓާސް ބުނެފައި ވަނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ކަސްޓަމަރުންނާއި ވީހާވެސް ގާތުން ކޮލިޓީއަށް އެއްވެސް ބަދަލެއް ނައިސް އަގުހެޔޮ ކޮމްޕިއުޓާރ ސާމާނުތައް ފޯރުކޮށްދިނުމަށްކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: