ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިރިފުށި ކެޕޭސިޓި ވަރުގަދަ ކުރުމަށް، 13 ހެކްޓަރުގެ ބިން ހިއްކަނީ

ނަޞްރު ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރު ސިފައިންގެ ހިދުމަތަށް ބޭނުވާ ހަތިޔާރާއި އާލަތްތަކުގެ ބޮޑު އަދަދެއް ހޯދައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަސް ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ދިވެހި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް އެމަނިކުފާނު ރައްޔިތުންނަށްވެވަޑައިގެންނެވި ވައުދު ހަނދާނަށް ގެންނަވައި ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ކުރައްވާކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފަ އެވެ.

ގައުމުގެ ސަލާމަތާއި އަސްކަރީ ބާރު ވަރުގަދަ ކުރުމަށް، ސަރުކާރުން ސިފައިންގެ ހިދުމަތް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުން ގެންދާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އަސްކަރީ ކެޕޭސިޓި ފުޅާކޮށް ވަރުގަދަ ކުރުމަށް ގިރިފުށި ބިން އިތުރު ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

އާދެ، މީގެއިތުރަށް، ކަންތައްތަކެއް ކުރަން ގަސްދުކުރާ ވާހަކަ ދަންނަވަން. މި ޕްރޮގްރާމް ހިންގަންޏާ ފެސިލިޓީޒް ބޭނުންވާނެ. ގިރިފުށި އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި. އަދި ވަރަށް ޖާގަ ކުޑަ. އަޅުގަނޑު ދިޔައިން ބަލައިލަން. އަދި އަޅުގަނޑު ދަންނަވައިގެން މިހާރު ޑީޓެއިލް ޑިޒައިނެއް، ޕްލޭނެއްވެސް ހަދާފައި އޮންނާނީ. ގިރިފުށީގެ ފަޅުގެތެރެ ހިއްކެން އެބައޮތް. ގާތްގަނޑަކަށް 13 ހެކްޓަރު ހިއްކެން އެބައޮތް. 13 ހެކްޓަރު ހިއްކާލީމާ، ވަރަށްބޮޑު ޖާގަ އެބަ އިތުރުވޭ. މި 13 ހެކްޓަރު ހިއްކައި، ޝޯ ޕްރޮޓެކްޝަން ވަށައި ޖަހާފައި، އަދި ބޭނުންވާ ބަނދަރު ހެދުމަކީ، މި އަންނަ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ކުރާނެ ކަމެއް.

ތަމްރީނުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދާ ފެސިލިޓީ ގިރިފުށި ކެޕޭސިޓި ވަރުގަދަ ކުރުމަށްޓަކައި، ސަރުކާރުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ތެރެއިން އެ ރަށުން 13 ހެކްޓަރުގެ ސަރަހައްދު ހިއްކައި، ޝޯ ޕްރޮޓެކްޝަން، ވަށާ ޖެހެމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެކަމަށް ރައީސް ވިދާޅުވި އެވެ. މިއާއި އެކު ގިރިފުށިއަށް ބޭނުންވާ ބަނދަރު ހެދުމުގެ މަސައްކަތް ފައްޓަވާނެކަމަށް ވިދަޅުވި އެވެ.

ސިފައިންގެ ބާރުތައް ވަރުގަދަ ކުރުމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އެކަމަށްޓަކައި ބޭނުންވާ ހަތިޔާރު ހޯދައި އެކިއެކި އާލާތްތައް ހޯދުމަށް މަސައްކަތް ކުރިޔަށް ދާކަމަށެވެ. އެކަމަށް އެކުވެރި ދައުލަތްތަކާއި އެކު ކުރިޔަށް ދާ މަޝްވަރާތަކުގެ އިތުރުން ހަތިޔާރާ ބައެއް އާލާތްތައް ގަތުމަށްޓަކައި މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި ވަކި އަދަދެއް ކަނޑައަޅާފައިވާނެކަމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި މުޅި ރާއްޖޭގައި ހުރި ސިފައިންގެ މަރުކަޒުތައް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއެކީ އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: