ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަބްސިޑީގެ އިރުޝާދުތަކަށް ކުރީ ސަރުކާރުތަކުން އަމަލު ނުކުރި، މިއީ އެންމެ ނިކަމެތިންގެ ހައްގެއް: އައިފާން

ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު އައިފާން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަބްސިޑީއަކީ އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ނިޒާމަކަށް ހެދުމަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ތަކުރާރުކޮށް ދިން އިރުޝާދަށް ކުރީ ސަރުކާރުތަކުން ދިނީ ބީރު ކަންފަތެއްކަމަށް ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އައިފާން ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީކަމަށާއި، ކުރީ ހަތަރު ސަރުކާރާއި ނުބައްދަލު މިންވަރަށް އެމްޑީޕީ ލޯނުތައް ނެގި ކަށެވެ. އަދި ތަކުރާރުކޮށް ފައިސާ ޗާޕު ކުރުމުގެ ސަބަބުން އިންފްލޭޝަން އުފުލި ކާބޯތަކެތީގެ އަގަށް އައި ބަދަލުތަކަކީ އޭގެ ހިތި ނަތީޖާކަމަށް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލާފާކޮށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓާއި ގުޅޭގޮތުން އައިފާން ވިދާޅުވީ މިއީ އިންޓަނޭޝަނަލް މަނިތަރީ ފަންޑު (އައިއެމްއެފް) އާއި ވޯލްޑު ބޭންކުގެ އިރުޝާދަށް ބަލައި ސަރުކާރަކުން ހުށަހަޅާ ފުރަތަމަ ބަޖެޓުކަމަށެވެ. އަދި ގާނޫނާއި ހިލާފަށް ބަޖެޓު ހުށަހަޅާފައިވާކަމަށް ނުވަތަ މިއީ ހަރަދު ބޮޑު ބަޖެޓެއްކަމަށް އެމްޕީ ދައްކާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ ދައުރު ގެއްލި، ޓްރާންސިޝަން މުއްދަތުގައި އެމްޑީޕީގެ ސަރުކާރުން ހުށަހަޅައި މި އަހަރަށް ފާސްކުރި ބަޖެޓަކީ ކުޑަ ބަޖެޓެއްކަމަށް ދެއްކުމަށް، ބިޔަ މަޝްރޫއުތަކަށް ބައްދަލު ނޫން އަދަދުތައް ޖަހާފައިވާކަން ފާހަގަކޮށް އައިފާން ވިދާޅުވީ ތަފާސްހިސާބު ރިޕޯޓުތަކުން ވެސް އެކަން ހާމަވާކަމަށެވެ. އަދި މި ސަރުކާރުން ބަޖެޓު ތައްޔާރު ކުރުމުގައި ފަންނީ ލަފާ ހޯދައި، ބޭނުންވާ މަޝްވަރާކޮށްފައިވާނެކަމަށް އައިފާން ވިދާޅުވި އެވެ. ސަރުކާރާއި މެދު ނަފްރަތު އުފައްދައި، ރައްޔިތުންގެ ހިތުގައި ސުވާލު އުފެއްދުމަށް އެމްޑީޕީ މަސައްކަތް ކުރަނީ އައިފާން ވިދާޅުވި ގޮތުގައި ވައުދު ފުއްދަމުންދާތީ އެވެ.

ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ގައުމުގައި ދިމާވެފައި މިހުރި ކަންތައްތައް ކޮންމެހެން ވެސް ހައްލު ކުރުމުގެ މަސައްކަތްތައްކަން ކޮންމެހެން ވެސް އެނގޭ.. އިދިކޮޅު ފަރާތްތަކުން ބޭނުމެއް ނުވޭ، ރައްޔިތުންނަށް ހެޔޮ ގޮތްތަކެއްވާކަށް.. އެހެންވީމަ ހެޔޮ ގޮތެއް ވާން ބޭނުން ނެތް ބަޔަކު އެބޭފުޅަކު ބޭނުންވާނީ ހުރިހާކަމެއް ރައްޔިތުންނަށް އޮޅުވާލަން ނޫންތޯ..

މީގެއިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ނިކަމެތި ރައްޔިތުންނަށް ދޭ ސަބްސިޑީ ރާއްޖޭގައި ހަމަހަމަ އުސޫލެއް ނެތި އެންމެނަށް ލިބެމުން ދިއުމަކީ އެންމެ އިންސާފުވެރި ގޮތްތޯ އައިފާން ސުވާލު އުފެއްދި އެވެ. ސަބްސިޑީއަކީ ކޮންމެހެން އެ ހިދުމަތް ލިބެން ޖެހޭ ރައްޔިތު މީހާއަށް އޮތް ލުޔެއް ނަމަވެސް މިހާތަނަށް އައި އެއްވެސް ސަރުކާރަކުން އެ ހައްގު ހޯދައިދޭން ކުރި މަސައްކަތެއް ނެތްކަމަށް އައިފާން ވިދާޅުވި އެވެ.

އައިފާން ވިދާޅުވީ ރައީސް މުއިއްޒުގެ މަސައްކަތް ގުޅިފައި ވަނީ މުޅި ދައުލަތުގެ ހިންގުން ހަރުދަނާ ކުރުމަށް ކަމަށެވެ. އަދި އެންމެ ބޭނުން ޖެހިފައި ތިބި ރައްޔިތުންނަށް ސަބްސިޑީ ލިބޭނެ މަގު ހަމަޖެހިގެން ދިއުމަކީ އައިފާން ވިދާޅުވި ގޮތުގައި މާކުރިން ގާއިމު ކުރެވިފައި އޮންނަން ޖެހޭ ނިޒާމެކެވެ. މިއަދާއި ހަމައަށް އެއްވެސް ސަރުކާރަކަށް އެ ފިޔަވަޅު އަޅަން ނުކެރުނީކަމަށާއި، މާލީ އިރުޝާދުތައް ގަބޫލު ކުރަން ބޭނުން ނުވި ސަރުކާރުތަކަކީ ވެސް އެއީކަމަށް އައިފާން ވިދާޅުވި އެވެ.

އެންމެ ފުދުންތެރިކަން ހުންނަ މީހާއަށް ވެސް ސަބްސިޑީ އެބަ ލިބޭ.. އެއީއެއް ނޫން ދެއްތޯ ސަބްސިޑީގެ އަސްލު މަގްސަދަކީ.. ސަބްސިޑީއެއް ރައްޔިތުންނަށް މި ފޯރުކޮށްދެނީ.. ކަންކަން ބޭނުންޖެހިފައި ތިބި ރައްޔިތުންނަށް އެކަންކަން ފޯރުކޮށްދިނުމަށް.. އެހެންވީމަ މިއަދު، ރައީސް މުއިއްޒު ކުރައްވާ މަސައްކަތަކީ މީގެ ކުރީގައި އެއްވެސް ވެރިއަކަށް ކުރަން ނުކެރުނު ކަންތައްތަކެކޭ.. މިހިރަ ކަންކަން ރަނގަޅު ކުރުން، ހަމައަކަށް އެޅުވުން..

ސަބްސިޑީގެ ހިދުމަތާއި ގުޅޭގޮތުން ބަޖެޓު ހުށަހަޅުއްވަމުން، ފިނޭޏްސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެފައި ވަނީ ރާއްޖެއަކީ ތާއަބަދު ތެޔޮ އިމްޕޯޓުކޮށްގެން ރައްޔިތުންނަށް ބޭނުންވާ ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ގައުމެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް އަންނަން ޖެހޭ ކަމަށެވެ. އަދި އެއާއި އެކު އިޔަދަކުރުވަނި ހަކަތައާއި ދިމާއަށް ދިވެހިރާއްޖޭގެ ހަކަތައިގެ ވިއުގަ އަނބުރާލުމަކީ ހާސިލު ކުރަން ޖެހޭ އެންމެ މުހިންމު ލަނޑުދަނޑިކަމުގައި ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: