ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް އަހަރެއް: ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ގުޅޭ މަސައްކަތްތައް ކުރެވުނު!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އެންމެ މުހިންމު ވަސީލަތަކީ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ބާރުތަކާއެކު ގާއިމުކުރެވޭ ހަރުދަނާ ގުޅުންތަކެވެ. މިގޮތުން، ދިވެހިރާއްޖެއިން ޤަބޫލުކުރާ ގޮތުގައި ޤައުމުގެ ސިޔާދަތު ޙިމާޔަތްކުރެވޭނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ނިޒާމުތައް ހަރުދަނާކޮށް، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އަމާންކަން ދެމެހެއްޓުމުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ ދިވެހިރާއްޖެ ފުދުންތެރި ޤައުމަކަށް ހެދުމާއި، ދިވެހި ރައްޔިތުންނަކީ ފަޚުރުވެރި ބަޔަކަށް ހެދުމެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، ދޭދޭ ޤައުމުތަކާއެކު ގުޅުން ބަދަހިކޮށް، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ބާރުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަކީ ޚާރިޖީ ވުޒާރާގެ އިސް އަމާޒެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތުރުކީ ދަތުރުފުޅު: ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް

ރައީސުލްޖުމްހޫރިއްޔާގެ ތުރުކީ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މުހިންމު މަޝްވަރާތަކާ ގުޅިގެން، ދެ ޤައުމުގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެން ދިޔައެވެ. މި ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ ތުރުކީގެ ވެރިރަށް އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމުކުރެވުމެވެ.

އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ފުޅާކުރުން:

1. ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް: ދެ ޤައުމު ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ މި އެއްބަސްވުމުގެ މަޝްވަރާތައް މިހާރު ވަނީ ޓެރިފް ޑޭޓާ އެނާލިސިސް މަރުޙަލާގައެވެ. ”ފައިނަލައިޒްޑް ޕެކޭޖް“ 2024 ސެޕްޓެންބަރު 26 ގައި ލިބުމުން، އެޓަރނީ ޖެނެރަލް އޮފީހުގެ ހުއްދައަށް ހުށަހެޅުމަށް ވަނީ ރޭވިފައެވެ.

2. އަސާސީ ބޭނުންތަކުގެ ތަކެތި އެތެރެކުރުން: ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ތުރުކީއިން އެތެރެކުރުމަށް އެއްބަސްވުމެއް އެކުލަވާލެވުނެވެ. މީގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނި އެސްޓީއޯ މެދުވެރިކޮށް ތުރުކީއިން ފުށް އެތެރެކުރުމުގެ މަސައްކަތް ފެށިގެން ދިޔައެވެ. 2024 ގެ އޯގަސްޓް މަހުން ފެށިގެން ނޮވެންބަރު މަހާ ހަމައަށް ޖުމްލަ 4 ޝިޕްމަންޓެއްގެ ފުށް ދިވެހިރާއްޖެއަށް ގެނެވިފައިވެއެވެ.

ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުން:

ތުރުކީން ދިވެހިރާއްޖެއަށް ހުޅުވާލި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން 14 ދިވެހި ދަރިވަރުން ހޮވުނެވެ. މި ދަރިވަރުންގެ ތަފްސީލު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރެވި، އިތުރު ފިޔަވަޅުތައް އެޅުމަށް ވަނީ މަގުފަހިވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އަމާޒަކީ ދިވެހިރާއްޖެ ފުދުންތެރި ޤައުމަކަށް ހެދުމާއި، ދިވެހިންނަކީ ފަޚުރުވެރި ބަޔަކަށް ހެދުމެވެ. މި ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ބާރުތަކާއެކު ގުޅުން ބަދަހިކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. ތުރުކީއާއެކު ގާއިމުކުރެވުނު އާ ގުޅުންތަކަކީ މި މަސައްކަތުގެ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

މި ގުޅުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދީ، ވިޔަފާރި އަދި ތަޢުލީމީ ދާއިރާތަކަށް ފައިދާކުރާނެ ކަމަށް އުންމީދުކުރެވެއެވެ. ޚާއްޞަކޮށް، އަސާސީ ބޭނުންތަކުގެ ތަކެތި އަގުހެޔޮކޮށް ލިބުމާއި، ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުވުމަކީ ރައްޔިތުންނަށް ސީދާ ފައިދާކުރާނެ ކަންކަމެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރެވިފައިވަނީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމާއެކު، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ޤައުމުގެ ތަރައްޤީއަށް މަގުފަހިކުރުމަށެވެ. މި ސިޔާސަތުގެ ކާމިޔާބީ ދެމެހެއްޓުމަށްޓަކައި، ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ މަޤާމު އިތުރަށް ވަރުގަދަކުރުމަކީ މުހިންމު ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޗައިނާއަށް ކުރެއްވި ދައުލަތުގެ ރަސްމީ ދަތުރުފުޅު

މި އަހަރުގެ ފެށުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދައުލަތުގެ ރަސްމީ ދަތުރުފުޅުގައި، ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް 16 އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ:

1. ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭ އެއްބަސްވުން
2. ނީލީ އިޤްތިޞާދީ އެއްބާރުލުން ފުޅާކުރުމާ ގުޅޭ އެއްބަސްވުން
3. ޑިޖިޓަލް އިޤްތިޞާދުގެ ދާއިރާގައި އިންވެސްޓްމަންޓް އިތުރުކުރުމާ ގުޅޭ އެއްބަސްވުން
4. ތިމާވެއްޓާ ރައްޓެހި ތަރައްޤީގެ ދާއިރާގައި އިންވެސްޓްމަންޓް އިތުރުކުރުމާ ގުޅޭ އެއްބަސްވުން
5. މީޑިއާގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭ އެއްބަސްވުން
6. ”ބެލްޓް އެންޑް ރޯޑް“ އިނީޝިއޭޓިވްގެ ދަށުން އެއްބާރުލުމުގެ ޕްލޭން އެކުލަވާލުމާ ގުޅޭ އެއްބަސްވުން
7. ޑިޖިޓަލް އިޤްތިޞާދީ އެއްބާރުލުން ހަރުދަނާކުރުމާ ގުޅޭ އެއްބަސްވުން
8. އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭ އެއްބަސްވުން
9. އިޤްތިޞާދީ ތަރައްޤީގެ ސިޔާސަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ބަދަލުކުރުމާއި އެއްބާރުލުން އިތުރުކުރުމާ ގުޅޭ އެއްބަސްވުން
10. ޖަނަވާރާއި ގަސްގަހާގެހީގެ ކަރަންޓީނާ ގުޅޭ ޓެކްނިކަލް އެއްބާރުލުމާ ބެހޭ އެއްބަސްވުން
11. ދަނޑުވެރިކަމުގެ ދާއިރާގައި އެއްބާރުލުން ހަރުދަނާކުރުމާ ގުޅޭ އެއްބަސްވުން
12. ދިވެހިރާއްޖެއާއި ޗައިނާގެ މެދުގައި ޖުމްލަ އިސްތިރާތީޖީ އެއްބާރުލުމުގެ ގުޅުން ބިނާކުރުމާ ގުޅޭ އެކްޝަން ޕްލޭން (2024-2028)
13. ހިލޭ އެހީގެ އެއްބަސްވުން
14. ތިމާވެއްޓާ ރައްޓެހި އަދި ދަށް-ކާބަން ތަރައްޤީގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭ އެއްބަސްވުން
15. ބޯހިޔާވަހިކަމާއި، އެއަރޕޯޓް ތަރައްޤީކުރުމާއި، މަސްވެރިކަމުގެ އުފެއްދުންތައް އުފެއްދުމާއި، މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކާ ގުޅޭ އެއްބަސްވުން
16. ކަނޑުގެ ވަސީލަތްތަކާ ގުޅޭގޮތުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ އެއްބަސްވުން

17. މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ ބިޓްވީން ދަ މިނިސްޓްރީ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ޓޫރިޒަމް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ޓޫރިޒަމް ކޯޕަރޭޝަން

18. ލެޓަރ އޮފް އެކްސްޗޭންޖް އޮން ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް

19. ލެޓަރ އޮފް އެކްސްޗޭންޖް އޮން ފީސިބިލިޓީ ސްޓަޑީ އޮން ލެބޯރެޓަރީ އިކްއިޕްމަންޓް ފޮރ ސެވެންޓީން ހެލްތު ފެސިލިޓީޒް ޕްރޮޖެކްޓް

20. މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ނިއުސް ކޯޕަރޭޝަން ބިޓްވީން ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް.) އޮފް ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ޒިންހުއާ ނިއުސް އޭޖެންސީ އޮފް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ

ރައީސުލްޖުމްހޫރިއްޔާގެ އިންޑިއާ އަދި އދ. އަށް ކުރެއްވި ދަތުރުފުޅުތަކުގެ އިތުރު ތަފްސީލު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިންޑިއާ އަދި އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ.) އަށް ކުރެއްވި ދަތުރުފުޅުތަކަކީ ދިވެހިރާއްޖޭގެ ޚާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރިދާނުގައި ރާއްޖޭގެ އަޑު އުފުލުމަށް ކުރެއްވި އަގުހުރި މަސައްކަތްޕުޅުތަކެކެވެ.

އިންޑިއާ ދަތުރުފުޅު:
• ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މުހިންމު އެއްބަސްވުންތަކެއް ގާއިމުކުރެވުނެވެ.
• އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދެވުނެވެ.
• އިންޑިއާގެ ”ނޭބަރހުޑް ފަސްޓް“ ސިޔާސަތުގެ ދަށުން ދިވެހިރާއްޖެއަށް ދެއްވާ އިސްކަމާއި އެހީތެރިކަން ފާހަގަކުރެވުނެވެ.
• ޓީ-ބިލު ސަޕޯޓުގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރު ހަމަޖެއްސެވިކަމަށްޓަކައި ރައީސް މުޢިއްޒު ޝުކުރު އަދާކުރެއްވިއެވެ.

އދ. ދަތުރުފުޅު:
• އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހައި-ލެވެލް ހަފުތާގައި ބައިވެރިވެވަޑައިގަތެވެ.
• ”ސަމިޓް އޮފް ދަ ފިއުޗަރ“ އަދި ”ހައި-ލެވެލް މީޓިންގ އޮން ސީ ލެވެލް ރައިޒް“ ގައި ތަޤުރީރުކުރެއްވިއެވެ.
• އދ. ގެ އާންމު މަޖިލީހުގެ އާންމު ބ އާންމު ބަހުސްގައި ދިވެހިރާއްޖޭގެ ކުރިމަގާ ގުޅޭ ތަޞައްވުރު ހާމަކުރެއްވިއެވެ.
• 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ފުރިހަމައަށް ތަރައްޤީކުރުމުގެ އަމާޒު ހާމަކުރެއްވިއެވެ.
• 2030 ވަނަ އަހަރާ ހަމައަށް ޑިޖިޓަލް އިޤްތިޞާދު ޖީޑީޕީގެ 15% އަށް އިތުރުކުރުމުގެ ލަނޑުދަނޑި ކަނޑައެޅުއްވިއެވެ.
• އދ. ގެ ސަލާމަތީ މަޖިލީހުގެ އޯޕަން ޑިބޭޓުގައި ބައިވެރިވެވަޑައިގެން، މަޖިލީހުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
• ޕްރިންސްޓަން ޔުނިވަރސިޓީގެ ޑީންސް ލީޑަރޝިޕް ސީރީޒްގައި ބައިވެރިވެވަޑައިގެން ދަރިވަރުންނާ މުޚާޠަބުކުރެއްވިއެވެ.

މި ދަތުރުފުޅުތަކަކީ ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާކޮށް، ޤައުމުގެ ތަރައްޤީއަށް މަގުފަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: