ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް ހުށައަޅާފައިވަނި ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމުގެ ބިލެއް: ޑިމޮކްރެޓްސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނި ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމުގެ ބިލެއް ކަމަށާއި އެ ބިލު މަޖިލީހުން ފާސްނުކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފިއެވެ.

ޑިމޮކްރެޓްސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން އަދި ރާއްޖޭގެ ގާނޫނުއަސާސީން ވެސް ބަލައިގަނެފައިވާ އެންމެހާ ހަމަތަކާއި އުސޫލުތަކަށް ބެލުމެއްނެތި ނޫސްތަކުގެ މައްޗަށް ކަންކަން މަޖުބޫރުކުރުމާއި ނޫސްވެރިންނަށް އަދަބު ދިނުމާއި ނޫސްތައް ބަންދުކުރުމުގެ ބާރު އަތަށް ނެގޭގޮތަށް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހަޅާފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

ބްރޯޑްކާސްޓްކުރުން ވަކި ހަމައަކުން ދައުލަތުގެ އިދާރާއަކުން ރެގިއުލޭޓްކުރުމަށް ދެވޭ އިހުތިޔާރަކީ ޗާޕްކޮށްގެންނާއި އޮންލައިންކޮށް ހިންގާ ނޫސްތަކުގެ މައްޗަށް ވެސް އޮތް އިހުތިޔާރެއްކަމަށް ހަދައި، މި ދެކަމުގައި އޮތް އަސާސީ ފަރަގު ވެސް އޮޅުވާލައިގެން، ނޫސްތަކުގެ މައްޗަށް ބާރުހިންގައި ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށް އެ ބިލުގައި މާއްދާތައް ހިމަނާފައިވާކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.

އެގޮތުން ޑިމޮކްރެޓިކް ނިޒާމެއްގައި އަދި ރާއްޖޭގެ ގާނޫނުއަސާސީން ލިބިދޭ މިނިވަންކަމުގެ ތެރެއިން ވެސް ޗާޕްކޮށްގެންނާއި އޮންލައިންކޮށް ނޫސް ހިންގުމަކީ ސަރުކާރުން ލައިސަންސެއް ނުވަތަ ހުއްދައެއް ނުވަތަ ރެޖިސްޓްރޭޝަނެއް ހޯދައިގެން ކުރަންޖެހޭކަމެއް ނޫންކަމަށާއި އެހެންނަމަވެސް އެގޮތަށް މަޖުބޫރުކުރުވާފައިވާކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.

ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ނޫސް ހިންގުން ވާންޖެހެނީ ފުރިހަމައަށް އެއްކޮށް އަމިއްލައަށް ރެގިޔުލޭޓްކުރެވިގެން ހިންގޭ ނޫސްވެރިކަމަކަށް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އެމަގަށް ގެންދިއުމަށް އިތުރަށް ކުރަންޖެހޭ މަސައްކަތް ވަނިކޮށް، އެއާ ހިލާފަށް ޤާނޫނަށް މިހާރު ހުށަހަޅާފައިވަނީ މިހާރު އޮތް ހާލަތަށްވުރެ ވެސް ބޮޑުތަނުން ގޯސްކޮށް ނުވަތަ ބޮޑުތަނުން ނޫސްތައް ދައުލަތުގެ އިދާރާއަކުން ރެގިޔުލޭޓްކުރުމަށް ކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ. އަދި އެ އިދާރާ އަތުރާލާފައިވަނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށް ކޮންޓްރޯލް އޮންނަ ގޮތުގައިކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވަނީ ”ތެދު ބަސް“ މިއީ ސަރުކާރަށް ނުވަތަ އެނޫން ވެސް ވަކިފަރާތަކަށް އޮންނަ ”މޮނޮޕޮލީ“ އެއްނޫންކަމަށާއި ސަރުކާރު ހިތް ނުރުހޭ ގޮތަކަށް މައުލޫމާތު ޝާއިއުކުރެވިދާނޭކަމުގެ ބިރަށް، އެ މައުލޫމާތެއް ޝާއިއުކުރުމުގެ ކުރިއަށް ނަފުސު ސެންސަރުވެގެން އެ މައުލޫމާތެއް ވަކިގޮތަކަށް ބައްޓަންކުރުމަށް މަޖުބޫރުކުރުވާގޮތަށް އެ ބިލު ފަރުމާކޮށްފައިވާކަމަށާއި އަދި އެއީ ނޫސްވެރިކަމުގެ މިނިވަންކަން ނަގައިލުމުގެ އަމަލެއްކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: