ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރި ބްރޭންޑް، ވީބީ މާޓް އިން ހުޅުމާލޭގައި އައު ފިހާރައެއް ހުޅުވައިފިއެވެ.
މި ފިހާރަ ހުޅުވާފައިވަނީ ބުރާސްފަތި ދުވަހު، 14 ނޮވެމްބަރ 2024 ވަނަ ދުވަހުގެ ހެނދުނު 9:00 ގައެވެ. ފިހާރަ ހުނަނަނީ ހުޅުމާލެ ރެއިންބޯ ސެންޓްރަލްގައެވެ..
ވީބީ މާޓްގެ ފަރާތުން ބުނީ، މި ފިހާރަ ހުޅުވުމުގެ މަުވުމުގެ މަޤްޞަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިތުބާރުހުރި، ފެންވަރު ރަނގަޅު ސާމާނާއި، ތާޒާ މޭވާއާއި ތަރުކާރީ ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
ފިހާރަ ހުޅުވުމާ ގުޅިގެން ޚާއްޞަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މިގޮތުން، ހުޅުވާ ފުރަތަމަ ދުވަހު ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ގުރުއަތުލުމުން 25 ނަސީބުވެރި ފަރާތަކަށް 2,000 ރުފިޔާގެ ކޭޝް ވައުޗަރެއް ލިބޭނެއެވެ.
މީގެ އިތުރުން، ހުކުރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި އިތުރު ގުރުއަތުލުމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ގުރުއަތުލުމުގައި 1 ވަނައަށް 10,000 ރުފިޔާ، 2 ވަނައަށް 5,000 ރުފިޔާ އަދި 3 ވަނައަށް 2,500 ރުފިޔާ ލިބޭނެއެވެ.
ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި ޚާއްޞަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މިގޮތުން ހަވީރު 4:00 އިން 6:00 އަށް ރެއިންބޯ ސެންޓްރަލް ކުރިމަތީގައި ޓްރާންސްފޯމަރ ރޮބޮޓްސްގެ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރޭގަނޑު 8:00 އިން ފެށިގެން 3 ޕީސް ބޭންޑެއްގެ މިއުޒިކް ޝޯއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ރޭގަނޑު 11:00 ގައި ގުރުއަތުލުން އޮންނާނެ ކަމަށް ވެސް ވީބީ މާޓުން ބުނެފައިވެއެވެ.
ވީބީ މާޓަކީ ދިވެހީންނަށް އިތުބާރާއެކު ފެންވަރު ރަނގަޅު ތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމުގައި ގިނަދުވަސް ތަކެއްވަންދެން ކުރަމުން އަންނަ ވިޔަފާރިއެކެވެ.

