ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިވިއު ކުރުމަށްފަހު ”އައި.ވީ.އެފް“ ފަރުވާގެ ދެވަނަ ބުރުގެ ލިސްޓު އާންމުކޮށްފި

އާސަންދަ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ހާސިލް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ”އައި.ޔޫ.އައި“ އަދި ”އައި.ވީ.އެފް“ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ހޯދުމަށް ދެވަނަ ބުރުގައި ޝަރުތު ހަމަވި މީހުންގެ ލިސްޓުު އާންމުކޮށްފިއެވެ.

މިހާރު އާންމުކޮށްފައިވާ ލިސްޓަކީ އާސަންދަ ސްކީމް މެދުވެރިކޮށް މި ފަރުވާތައް ހޯދުމަށް ދެވަނަ ބުރުގައި ޝަރުތު ހަމަވި މީހުންގެ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށްފަހު އަލުން މުރާޖައާ ކޮށްގެން ނެރެފައިވާ ލިސްޓެކެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މައުލޫމާތު ދޭ ގޮތުގައި ދެވަނަ ބުރުގައި ފޯމު ހުށަހެޅި ޖުމްލަ 216 ފަރާތްތަކުގެ ތެރެއިން އެހީއަށް ޝަރުތު ހަމަވެފައިވާ 64 ފަރާތަށް، ދެވަނަ ބުރުގައި ވަނީ އެހީ ހަމަޖެހިފައެވެ. އަދި ދެވަނަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން 30 ނޮވެމްބަރ 2024 ގެ ކުރިން ފަރުވާ ކުރިޔަށްގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާގުޅޭގޮތުން އެ އެޖެންސީން އެފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދެމުންދާނެކަމަށްވެސް އެންސްޕާއިން ބުނެފައިވެއެވެ.

މި މަސައްކަތަކީ ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަން ނިންމާފައިވާ ހަފްތާ-14 މަގުޗާޓުގައިވެސް ހިމެނިފައިވާ މުހިންމު މަސައްކަތެކެވެ.

އާސަންދައިން ދަރިމައިވުމުގެ ދަތިކަން ހުންނަ މީހުންނަށް ފަރުވާ ނުހޯދޭކަމުގެ ކަންބޮޑުވުން އޮތުމާ ގުޅިގެން، އާސަންދަ ކަވަރުކުރާ ޚިދުމަތްތަކުގެ ތެރޭގައި އައިވީއެފް އިތުރުކޮށް އެ ހިދުމަތްވެސް އާސަންދައިން ލިބޭނެ ގޮތް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: