ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާތަކުގެ ބިލު މަޖިލީހުން ބޭރު ކުރާނަން، އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެމްބަރަކު ހުށަހަޅާފައިވާ މީޑިއާ ކޮމިޝަންގެ ބިލަށް ތާއީދު ނުކުރައްވާކަމަށާއި، އެ ބިލު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުން ބޭރުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެއް އަހަރު ފުރުހުން ފާހަގަކުރުމަށް، މިރޭ ސޯޝަލް ސެންޓަރުގައި ހާއްސަ ޖަލްސާއެއް ކުރިޔަށް ގެންދިޔައިރު ނޫސްވެރިންގެ ތެރޭގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މަޖިލީހުގައި އޮތް މީޑިއާތަކުގެ ބިލެވެ. ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ އެ ބިލާ ގުޅޭގޮތުން މިރޭ ރައީސް ވިދާޅުވީ އެއީ އެ ކަރުދާހުގައި ވަނީ އެއްގޮތަކަށް ވެސް އެމަނިކުފާނު ގަބޫލު ކުރައްވާ ވާހަކަތަކެއް ނޫންކަމަށެވެ.

ރައީސް ވިދާޅުވީ މީޑިއާތަކާއި، ނޫސްވެރިން ކޮންޓްރޯލް ކުރުމަކީ ދުވަހަކު ވެސް ގަޔާވާކަމެއް ނޫންކަމާށާއި، އެމަނިކުފާނު އަބަދުވެސް ބޭނުންވީ މީޑިއާތަކާއި ނޫސްވެރިން ބާރުވެރިކުރުވުމަށް ކަމަށެވެ. އެގޮތުން މީޑިއާތައް ބާރުވެރި ކުރުވުމަށްޓަކައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މީޑިއާތަކަށް ފައިސާ ދިނުމަށް ހިމަނާފައިވާނެކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މީޑިއާތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ބޮޑު އަގުގައި އިމާރާތެއް ކުއްޔަށް ނަގައިގެން އުޅެން ޖެހުންކަމަށެވެ.

ރަސްމިއްޔާތަށް ފަހު ރައީސް ސަޕޯޓަރުންނާއި ސަލާމް ކުރައްވަމުން ދަނިކޮށް، ބައެއް ނޫސްވެރިން ވެސް އެ ބިލާއި ގުޅޭގޮތުން ސުވާލު ކުރިއެވެ. އެ ބިލު ބޭރު ކުރާނަންތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ ބިލު ބޭރު ކުރާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: