ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަމާނަށް އަންނަ ބަދަލާއެކު ދިވެހީންގެ ވިސްނުން ތަރައްޤީވާންޖެހޭ: ނަސީރު

ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަމާނަށް އަންނަ ބަދަލުތަކާއެކު ދިވެހީންގެ ވިސްނުންވެސް ތަރައްޤީވާސްޖެހޭ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ވަޒީރު ވިދާޅުވީ، ޤައުމެއްގެ ޙަޔާތް އޮންނާނީ ނުރައްކަލާއި ރައްކަލާ ދެމެދުގައި ކަމަށާއި އެ ދެޙާލަތުގެ ދެމެދުން ސަލާމަތުން ކުރިއަށް ދިޔުމަށްޓަކައި، ފިކުރީ ގޮތުން ދިވެހިންނަށް އަންނަން ޖެހޭ ތަރައްޤީއާއި، ޒަމާނަށް ލޯ ހުޅުވިފައި ހުންނަން ހުރުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އެގޮތުން ފިކުރީ ގޮތުން ދިވެހީންނަށް އަންނަންޖެހޭ ތަރައްޤީ އައުމާއެކު ޒަމާނަށް އަންނަ ބަދަލުތަކާ އެއްވަރަށް ދިވެހީންގެ ވިސްނުން ވެސް ތަރައްޤީވާންޖެހޭ ކަމަށް ނަސީރު ވިދާޅުވި އެވެ.

“ ނުރައްކަލާއި ރައްކަލާއި ދެމެދުގައި، އެހެންވީމަ އެ ދެ ޙާލަތާއި ދެމެދުގައި ސަލާމަތުން އަޅުގަނޑުމެން ކުރިއަށް ދިއުމަށްޓަކައި އަޅުގަނޑުމެންގެ ފިކުރި ގޮތުން އަންނަން ޖެހޭ ތަރައްޤީއާއި ޒަމާނަށް އަޅުގަނޑުމެން ލޯތަށް ހުޅުވިފައި ހުންނަންޖެހޭ ހުރުން އަދި މި ދެންނެވި ތަރިކަ އެއް ޖީލުން އަނެއްޖީލަށް މި ތަޖުރިބާތައް ރައްކާތެރިކޮށް ވާސިލްކޮށްދިނުމަކީ މުހިންމު ކަމެއް “ ވަޒީރު ވިދާޅުވިއެވެ.

ދިވެހި ޤައުމުގެ ސަލާމަތަށްޓަކައި ދިވެހީން، އެއްވެސް ބޭރުގެ ބަޔަކާ ނުގުޅި މަލާބާރީންގެ އަތްދަށުން ދިވެހި ޤައުމު ސަލާމަތް ކުރުމަށް ކުރި މަސައްކަތަކީ ޤައުމުދެކެ ލޯބިވާ މިންވަރު ދައްކުވައިދޭކަމެއް ކަމަށް ވިދާޅުވި އެވެ. އަދި ދިވެހީންގެ މިނިވަންކަން އަނބުރާ ލިބުނީ ދިވެހީން އެއްބައިވަންތަ ވިސްނުމުގައި، ސިއްރުން ރޭވިގެން ދެވުނު ކުއްލި ޙަމަލާއަކުން ކަމަށާއި، އެޙާލަތުގައި ދިވެހީން އިސްކުރި ޤައުމީ މަޞްލަޙަތު ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޤައުމުގެ ސަލާމަތަށް ބެހެއްޓި ފަރުވާތެރިކަމާއި އަމާނާތްތެރިކަމަކީ މިފަދަ ދުވަހެއް ފާހަގަކުރަން ޖެހޭ އެއް ސަބަބު ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ދިވެހި ޤައުމަށް ދިމާވެފައިވާ ކަންކަމާއި ކެރިގެން ކުރިމަތިލައިފައިވާ ކަމަށާއި އަދި މާތްﷲގެ ވާގިފުޅާއެކު އުތީމު މާހާރަދުންގެ މަސައްކަތްފުޅުން ދިވެހިން އެ މީހުންގެ އަތްމައްޗަށް ގަދަވެގަނެ ނަސްރު ލިބުނު ކަމަށާއި، އެހެންކަމުން އެފަދަ ހާދިސާތަކުގެ ހެކިތައް ލިބިގެންދާނީ ތަރިކަތަކުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއީ ތާރީހާއި ގުޅިފައިވާ ހަޤީޤަތްތައް ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. އެހެންކަމުން މާޒީގެ މައްޗަށް ވިސްނައި މުސްތަޤްބަލަށް ލޯހުޅުވައި، ރާއްޖޭގެ ތަރިކަ އެއްޖީލުން އަނެއްޖީލަށް ފޯރުކޮށްދިނުމަކީ ހުރަވީ ދުވަސްފަދަ ދުވަސްތައް ފާހަގަކުރުމުގައި ހިމެނޭ މުހިންމު ކަމެއް ކަމަށް ވަޒީރު ވަނީ ވިދާޅުވަފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: