ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާ: ރައްޔިތުންނާއި ގުޅުންހުރި ލިޔެކިއުންތައް ނެރުމުގެ މަސައްކަތްދަނީ ކުރަމުން

ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާ ހުންނަ އިމާރާތުގައި އަލިފާން ރޯވުމާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުންނާއި ގުޅުންހުރި ލިޔެކިއުންތައް ނެރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް މާލެސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް ވަނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ގޮސް އެތަނުގައި ކުރަމުންދާ މަސައްކަތާއި ބެހޭ ގޮތުން މައުލޫމާތު ދެއްވައިފައެވެ. ނަރީޝް ވިދާޅުވީ، އެ ބިލްޑިންގައި ވަރަށް މުހިންމު ލިޔެކިއުންތައް ހުންނާނެ ކަމަށާއި އަދި އެ ލިޔެކިއުންތައް ނެރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާ ހުންނަ އިމާރާތުގައި މާލެ ސިޓީ ކައުންސިލްގެ އިމާރާތެއްވެސް ހުންނަށް ކަމަށް ވަނީ މައުލޫމާތު ދެއްވައިފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުތަކުގެ ލިޔެކިއުންތައްވެސް ހުންނާނެ ކަމަށް ވަނީ މައުލޫމާތު ދެއްވައިފައެވެ. އަދި އެތަކެތި ނެރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުފައިވަނީ އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތައް ސޯޝަލް ސެންޓަރަށް ބަދަލުކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ސޯޝަލް ސެންޓަރުގައި އިމަޖެންސީ އިވެކުއޭޝަން ސެންޓަރެއް ޤާއިމްކޮށްފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ދެއްވައިަފއެވެ. އެގޮތުން މިހާރު 50 ހާއި ގާތްކުރާ އަދަދަކަށް މިހުން އެ ސަރަހައްދަށް ގެންދިއުމުގެ މަސައްކަތް ކުރައްވާ ކަމަށް ވަނީ މައުލޫމާތު ދެއްވާފައެވެ.

އެންޑީއެމްއޭއިން ވަނީ އެއްވެސް އެހީތެރިކަމެއް ބޭނުންވާ ފަރާތެއް ނަމަ 115 އަށް ގުޅައި ސެންޓަރަށް ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: