ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީއަށް އައްޔަނުކުރުމަށް ދެ ބޭފުޅުންގެ ނަން ރައީސް މަޖިލީހަށް ފޮނުވައްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އައްޔަނުކުރުމަށް ދެ ބޭފުޅުންގެ ނަން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

އީސީގެ ދެ މަގާމެއް ވަނީ ހުސްވެފައެވެ. އެއީ އެ ކޮމިޝަންގެ ނައިބުރައީސްގެ މަގާމުގައި ހުންނެވި އަލީ ނަޝާތު އާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 25 ވަނަ ދުވަހު ފާސްކުރުމުންނެވެ.

އީސީގެ މެންބަރުކަމަށް ހޮވުމަށް ރައީސަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަމާއި މައުލޫމާތު ރައީސް ވަނީ މަޖިލީހަށް ހުށައަޅުއްވާފައެވެ.

ރައީސް ހުށަހެޅުއްވީ:

މުހައްމަދު ޒާހިދު، ދަފްތަރު ނަންބަރު ރސ. 1548

އަބްދުއްރަހްމާން ސޮލާހް ރަޝީދު، ރޯޒް، ކ. ހުރާ

މި މައްސަލަ ދިރާސާކުރަން ފޮނުވާފައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: