ސަރުކާރުން ގާނޫނު އެކުލަވާލާނީ ތަންފީޒުކުރެވޭނެ ގޮތަށްކަމަށް ބާރަށު ދާއިރާގެ މެންބަރުން އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން ޝުޖާއު ވިދާޅުވީ ކޮމިޓީތަކުން ދިރާސާ ކުރުމަށްފަހު މަޖިލީހަށް ފޮނުވާ ރިޕޯޓުތައް ރަނގަޅަށް ބެލުމަށްފަހު ބަހުސް ކުރުން މުހިންމުކަމަށެވެ. އޭނާ އެހެން ވިދާޅުވީ އެމްޑީޕީއަށް އަމާޒުކޮށެެވެ.
ބޭރު ފައިސާއާއި ބެހޭ ބިލާއި ގުޅޭ ގޮތުން ޝުޖާއު ވިދާޅުވީ، މި ބިލަކީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ހުށައެޅި ބިލެއްކަމަށެވެ. މި ބިލާއި ގުޅިގެން އެމްޑީޕީ މެންބަރުން މަޖިލީހުގައި ވާހަކަދައްކަވަނީ ބިލާއި، އަދި ކޮމިޓީ ރިޕޯޓުވެސް ރަނގަޅަށް ނުބައްލަވާކަމަށް ޝުޖާއު ވިދާޅުވިއެވެ.
ދިވެހި ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތުގައި އެންމެންނާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަމަކީ ދިވެހިރާއްޖެއަށް ހަމަޖެހުމާއި، ސުލްހަ މަސްލަސްކަމާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެންދާނެކަމެއް، މި މަސައްކަތް ކުރަމުންދާއިރު އަޅުގަނޑުމެންގެ މި ޓޫރިޒަމް ދާއިރާގެ ހުރިހާ ބޭފުޅުންގެ މަޝްވަރާއާއިއެކީގައި ކަންކަން އިރާދަ ކުރެއްވިޔާ މި އަންނަ އަހަރުގެ ކުރީކޮޅުވެސް މި ބަދަލުތައް އަންނާނެކަމަށް އަޅުގަނޑުމެން މި ގަބޫލުކުރަނީ.
ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ގާނޫނަށް ބަދަލުުތައް ގެންނަވާނީ ތަންފީޒުކުރެވޭ ގޮތަށްކަމަށެވެ.

