ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހާއި ފައްޔާޒްގެ މައްޗަށް ޖިނާއީ ތަހުގީގު ކޮށްދޭން އެދުމަށް މަޖިލީހުން ފާސްކޮށްފި

އެމްޑީޕީގެ އެޑްވައިޒަރ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާއި ގުޅޭ މައްސަލަ ދިރާސާކޮށް، މާލިއްޔަތު ކޮމިޓީއިން ނިންމި ގޮތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ރިޕޯޓް ފާސްކޮށްފައިވަނީ 55 މެންބަރުންގެ ވޯޓާއިއެކުއެވެ. މިގޮތަށް ފާސްކުރުމަށް ނުފެންނަކަމަށް 11 މެންބަރަކު ވޯޓުދެއްވިއެވެ.

މިއީ މިދިޔަ ޖުލައި މަހު ކޮމިޓީއަށް ހުށަހަޅައި، ބަލަން ފެށި މައްސަލައެކެވެ. އެމްޑީޕީގެ ސަރުކާރުން ގެއްލުމުގެ ބަދަލެއްގެ ގޮތުން ދޫކުރި ފައިސާގެ ތަފްސީލުތައް ހޯދުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގެވެ.

ކޮމިޓީއަށް މައްސަލަ ހުށަހަޅުއްވައި މަމްދޫހު ވިދާޅުވީ، ފަސް އަހަރުގެ ތެރޭގައި އެމްޑީޕީން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދޫކުރި ކަމަށެވެ. އުސޫލުގެ ތެރެއިން ބަދަލު ދިން މައްސަލަތައް މީގެ ތެރޭގައި ހިމެނުނު ނަމަވެސް މަންދޫހު ވިދާޅުވީ މިހާ ބޮޑު އަދަދެއް ރައްޔިތުންގެ ފައިސާއިން ދޫކޮށްފައިވާތީ އެކަމުގެ ތަފްސީލު އެނގެން ޖެހެ އެވެ.

ސަރުކާރުގެ މެޖޯރިޓީއެއް އޮތް މަޖިލީހުގެ ތެރެއިން މި މައްސަލަ ބަލަން ފެށުމުން، ނުރުހުންފާޅުކޮށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މިއީ ވަކި ބަޔަކަށް ޓާގެޓުކޮށްގެން ހުށަހެޅި މައްސަލައެއް ކަމަށެވެ. ވަކި ތާރީހަކަށް ބެލުމެއް ނެތި، ޖީއެމްއާރުގެ މައްސަލައިން ފެށިގެން އެހެން ހުރިހާ މައްސަލައެއްގައި ބަދަލު ދިނުން ކުރިޔަށް ގެންދިޔައީ އެންމެ ރަނގަޅަށް ތޯ ބެލުމަށް ގަޓު ހުރެގެން މަސައްކަތް ފެށުމަށް ޣަފޫރު ގޮވާލި އެވެ. އޭނާ ވިދާޅުވީ މި މައްސަލައިގެ ތެރޭގައި އެހެން ސަރުކާރުތައް ވެސް ހިމަނައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަދަލު ދިނީ ކިހިނެއްތޯ ވެސް ބަލަން ކެރޭހާ ހިތްވަރު ހުންނަން ޖެހޭކަމަށެވެ.

މައްސަލައިގައި މާލިއްޔަތު ކޮމިޓީން މިއަދު ނިންމާފައި ވަނީ ރައީސް ސޯލިހުގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އަލީ ޝިޔާމްގެ މައްސަލަ ތަހުގީގުކޮށްދޭން އެދި ހުށަހެޅުމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ވެސް ތިން ބޭފުޅުންގެ މައްޗަށް ތަހުގީގު ހިންގަން ޕީޖީއަށް އަންގަން ފެންނަކަމަށް ހުށަހެޅީ ވެސް މަމްދޫހެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ.

ސަރުކާރުގެ މެޖޯރިޓީއެއް އޮތް މަޖިލީހުގެ ތެރެއިން މި މައްސަލަ ބަލަން ފެށުމުން، ނުރުހުންފާޅުކޮށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މިއީ ވަކި ބަޔަކަށް ޓާގެޓުކޮށްގެން ހުށަހެޅި މައްސަލައެއް ކަމަށެވެ. ވަކި ތާރީހަކަށް ބެލުމެއް ނެތި، ޖީއެމްއާރުގެ މައްސަލައިން ފެށިގެން އެހެން ހުރިހާ މައްސަލައެއްގައި ބަދަލު ދިނުން ކުރިޔަށް ގެންދިޔައީ އެންމެ ރަނގަޅަށް ތޯ ބެލުމަށް ގަޓު ހުރެގެން މަސައްކަތް ފެށުމަށް ޣަފޫރު ގޮވާލި އެވެ. އޭނާ ވިދާޅުވީ މި މައްސަލައިގެ ތެރޭގައި އެހެން ސަރުކާރުތައް ވެސް ހިމަނައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަދަލު ދިނީ ކިހިނެއްތޯ ވެސް ބަލަން ކެރޭހާ ހިތްވަރު ހުންނަން ޖެހޭކަމަށެވެ.

ސަރުކާރު ނިމުނު ފަހުން ފެންމަތިވި މައްސަލަތަކުގެ ތެރޭގައި 2023 ވަނަ އަހަރު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބަޖެޓުން އެކި ފަރާތްތަކަށް ދިނުމަށް ކަނޑައެޅިފައިވާ މިންވަރަށް ވުރެ 263 އިންސައްތަ އިތުރަށް އެ އަހަރުގެ ފުރަތަމަ ނުވަ މަހުގެ ތެރޭގައި ހަރަދުކުރުން ހިމެނެ އެވެ.

ގެއްލުމުގެ ބަދަލުގެ މައްސަލަތައް ކުރިޔަށް ގެންދިއުމަށް ރައީސް ސޯލިހުގެ ސަރުކާރުން އުފެއްދި ސެޓަލްމަންޓް ކޮމިޓީ މިހާރު ވަނީ އުވާލާފަ އެވެ. އެ ނިންމުމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ކޮމިޓީއިން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ފައިސާ ދީފައި ވަނީ ގާނޫނީ ބާރެއް ލިބިގެން ނޫންކަމަށާއި އެ މަރުހަލާތައް ކުރިޔަށް ގެންގޮސްފައި ވަނީ އުސޫލުތަކާއި ހިލާފަށްކަން ފާހަގަކުރެވޭ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: