ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރު ފައިސާއާއި ބެހޭ ބިލު މަޖިލުހުން ފާސްކޮށްފި!

އާރބަން ޑިވެލޮޕްމެންޓް ބިލު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުން އިހުތިޔާރު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބޭރު ފައިސާއާއިބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މި ބިލު ފާސްކުރީ 56 މެމްބަރުންގެ ވޯޓާއެކު އެވެ. މި ބިލާއި ދެކޮޅަށް 11 މެމްބަރުން ވަނީ ވޯޓު ދެއްވައިފައެވެ. ބޭރު ފައިސާއާއި ބެހޭ ބިލު ދިރާސާކުރިއިރު މާލިއްޔަތު ކޮމިޓީންވަނީ ބައެއް ބަދަލުތައް ގެނެސްފައިވެ އެވެ. އެގޮތުން މައިގަނޑު ދެ ބަދަލެއް ވަނީ ގެނެސްފައެވެ.

ޑޮލަރު މާރުކުރުމުން އިސްތިސްނާވާ އުމުރު 10 އަހަރުން 12 އަހަރަށް މަތިކުރުމާއި، ރިސޯޓަކުގައި މާލީ ދަތިކަމެއް ހުރިނަމަ، އާމްދަނީގެ 20 ޕަސެންޓަށް ވުރެ މަދުން ދައްކަން އެދުމުގެ އިޚުތިޔާރު ދިނުމެވެ. ނަމަވެސް އެ ލުއި ދެވޭނީ އެކަން އެމްއެމްއޭއަށް ސާބިތުކޮށްދިނުމުން ކަމަށް ވަނީ ހިމަނާފަ އެވެ.

އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި މި ބިލުގައި ވަނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލިބޭ އާމްދަނީން އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތައް އެ ފައިސާ ރާއްޖޭގެ ބޭންކަކަށް ޖަމާލުކުރަންވާނެ ކަމަށެވެ. އަދި ރިސޯޓްތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި، ރިސޯޓް ހޮޓާތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދެއް ބޭންކަކަށް ރުފިޔާއިން މާރުކުރަން ވާނެ ކަމަށެވެ.

500 ޑޮލަރު މާރުކުރުމުގެ ބަދަލުގައި އިޚްތިޔާރެއްގެ ގޮތުން ދީފައިވަނީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ރުފިޔާއިން މާރުކުރަން ވާނެ ކަމަށެވެ. މީގެއިތުރުން ކެޓެގަރީ ބީ ގައި ހިމެނޭ ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއިން މާރުކުރަން ޖެހެއެވެ. އަދި މިކަމުގެ ބަދަލުގައި އިޚްތިޔާރެއްގެ ގޮތުން ދީފައިވަނީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ރުފިޔާއިން މާރުކުރަން ވާނެ ކަމަށެވެ.

ބޭރު ފައިސާ މާރުކުރުމުން އިސްތިސްނާވާ ފަރާތްތަކާއި ހާލަތްތައް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން އެތަނެއްގައި 24 ގަޑިއިރު ހޭދަކޮށްފައިނުވާ ޓޫރިސްޓުންނާއި، ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީކޮށް ތިބޭ ފަރާތްތަކުގެ އިތުރުން ސަރުކާރުން ހާއްސަ އިމްތިޔާޒް ދީފައިވާ މެހެމާނުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ. އަދި ބޭންކަކަށް ލިބޭ ބޭރު ފައިސާގެ ތެރެއިން އެމްއެމްއޭއިން ކަނޑައަޅައި ވަކި އިންސައްތައެއްގެ ފައިސާ، އެމްއެމްއޭއިން ކަނޑައަޅައި މުއްދަތެއްގެ ތެރޭގައި އެ ބޭންކަކުން އެމްއެމްއޭއަށް ވިއްކަންވާނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: