ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުސައިރަތު ކޭމްޕަށް އިސްރާއީލުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިި

އިސްރާއީލުގެ ބޮމުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ސަރަހައްދަކަށް ބޮޑެތި ގެއްލުން ލިބިފައި: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޣައްޒާގެ އަލް-ނުސައިރަތު ކޭމްޕަށް އިސްރާއީލު ސިފައިން ދިން ހަމަލާއާއި ހިންގި ޤަތުލުއާއްމު ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

އެ ޙަމަލާ ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ އިންސާނިއްޔަތާބެހޭ ޤާނޫނުތަކާ ޚިލާފަށް، އާންމުންނަށް އަމާޒުކޮށް އިސްރާއީލުންދޭ މިފަދަ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އިންސާނީ ހާލަތު ބަޔާންވެސް ނުކުރެވޭފަދަ މިންވަރަކަށް ގޯސްވެފައިވާކަމަށެވެ. އަދި މިފަދަ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢިން އަވަސް، ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ދިވެހިރާއްޖެއިން ޤަބޫލުކުރާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުުރުން، އިސްރާއީލުގެ ހަރުކަށި ހަމަލާތައް ހުއްޓުވުމަށާއި ހަމަނުޖެހުންތައް ނައްތާލައި، ކުށެއް ނެތް އާންމުން ހިމާޔަތްކޮށް، މެދުއިރުމަތީ ސަރަޙައްދުގައި ދެމެހެއްޓެނިވި ޞުލްޙަ ޤާއިމުކުރުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލާ ގޮވާލުންވެސް ވަނީ ތަކުރާރުކޮށްފައެވެ.

ފަލަސްޠީނުގެ ރައްޔިތުން ޢަދުލުއިންސާފު ހޯދުމަށާއި މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މިންނެތް މަސައްކަތުގައި ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނޭކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: