ސީރިޔާގެ ވެރިކަން ވައްޓާލި ހަނގުރާމަވެރި ޖަމާއަތާއިދެމެދު މުއާމަލާތްތައް ކުރެވިފައިވާކަން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން ވިދާޅުވެއްޖެއެވެ،.
ނޫސްތަކުން ބުނާގޮތުން، ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ވައްޓާލައި، އެ ގައުމުން ފައްސާލާފައިވާ ހަތިޔާރު އެޅި ޖަމާއަތާއިއެކު އެމެރިކާގެ އޮފިޝަލުން މުއާމަލާތައް ކޮށްފައިވާކަން ބްލިންކެން ކަށަވަރުކޮށަްދެއްވީ ޖޯރޑަންގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. މިގޮތުން މުއާމަލާތްތައް ކުރެވިފައިވަނީ ވެރިކަމުން ފައިބާވަޑައިގަތުމުގެ މަރުހަލާގައި ހުންނެވި ޖޯ ބައިޑެންގެ ސަރުކާރާއި ދެމެދުކަން ސާފހަގަކުރެވެއެވެ.
އަރަބި 8 ގައުމެއްގެ އިތުރުން ތުރުކީއާއި އީޔޫ އަދި ޔޫއެންގެ އޮފިޝަލުން ހިމެނިގެން އެކުލަވާލި އެއްބަސްވުމެއްގައި އެމެރިކާގެ ސަރުކާރުގެ ފަރާތުން ބިލިންކެންވަނީ ސޮއިކުރައްވާފައެވެ. މި އެއްބަސްވުމަކީ ސީރިޔާގެ ވެރިކަން ވެއްޓިފައިވުމާއިއެކު އައު ފެށުމަކުން އެ ގައުމު ކަނޑައެޅިފައިވާ އަސާސްތަކެއްގެ މަތިން ހިންގުމަށްޓަކައި ކުރެވިފައިވާ މަސައްކަތްތަކެކެވެ. ބައިޑެންގެ ސަރުކާރުން ސީރިޔާގެ މިހާރުގެ ވެރިންނާއި ދެމެދު ކުރިއަށް ގެންދިޔަ މުއާމަލާތްތަކުގެ ތަފްސީލު ބްލިންކެންގެ ފަރާތުން ނުލިބޭކަން ނޫސްތަކުން ފާހަގަކުރެއެވެ. ނަމަވެސް އެ ޖަމާއަތުން ހަރަކާތްތެރިވާ ގޮތާއި އެ ގައުމުގައި ވެރިކަން ކުރާ ގޮތާއި ގުޅޭގޮތުން އެމެރިކާއިން އިރުޝާދުތައް ދީ މަޝްވަރާތައް ކުރުން މުހިންމުކަން ހިއްސާކުރެއްވިކަމަށް ރިޕޯޓުތަކުގައިވެއެވެ.
ބްލިންކެން ވިދާޅުވީ، އެމެރިކާއިން ސީރިޔާގެ ރައްޔިތުންނަށް ކާމިޔާބަށް އެދޭކަމަށެވެ. އަދި އެ ގައުމުގެ ރައްޔިތުން އެމަންޒިލާއި ހިސާބަށް ގެންގޮސްދިނުމަށްޓަކައި ދޭންޖެހޭ ކޮންމެ އެހީތެރިކަމެއްވެސް ދިނުމަށް ތައްޔާރުކަމަށެވެ. މިހާރު ސީރިޔާގެ ބާރުވެރިކަން ހާސިލުކޮށްފައިވާ ޖަމާއަތަކީ އެމެރިކާއިން 2018 ވަނަ އަހަރުން ފެށީގެން ނިރުބަވެރިންގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތެކެވެ. އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭއިރު މުއާމަލާތްތަކެއް ނުކުރެވޭނެ ހާލަތު ނެތްކަމަށް ފެނިގެންދެއެވެ.

