ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޑރ. މުއިއްޒުއަށް މަހިިބަނދޫ ހޫނު މަރުޙަބާއެއް !

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ދަތުރުފުޅެއްގައި އދ. މަހިބަނދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް އދ. މަހިބަނދޫއަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ރަށު ރަށްޔިތުން ވަނީ ބަދަރަށް ޖަމާވެ ރައީސްއަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ. ރައީސަށް މަރުޙާބާ ކިޔުމަށް މަހިބަނދޫ ބަދަރު ވަނީ ދިވެހި ދިދައިން ރީތިކޮށް ޖަރީކޮށްފައެެވެ. މި ދަތުރުފުޅުގައި އދ. އެކި ރަށްރަށުގެ ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަހިބަނދޫ ކައުންސިލުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވައި ފަރާތްތަކާއި އަދި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ރައީސް ރައީސް ފައްޓަވައިގެން މިހާރު ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި، އެ ރަށްރަށުގެ ރައްޔިތުންގެ ހާލު ބައްލަވައި، ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވައި، ތަރައްގީގެ މަޝްރޫއުތަކާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ. އެގޮތުން މިހާތަނަށް 185 ކައުންސިލަކާ އެމަނިކުފާނު ވަނީ ބައްދަލު ކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: