ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތާށިވި އެސްޓްރަނޯޓުން އަނބުރާ ގެނެވުމުގެ ކުރިން ދެ މަސް ހޭދަވާނެ!

ތާށިވި ދެ އެސްޓްރަނޯޓުން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖައްވީ މަރުކަޒެއްގައި ތާށިވެފައިތިބި ދެ އެސްޓްރަނޯޓުން އަނބުރާ ގެނައުމުގެ ކުރިން އިތުރު ދެ މަސް ދުވަސް ހޭދަވެގެންދާނެކަމަށް ބައިނަލްއަގުވާމީ ނޫސްތަކުން ބުނެފިއެވެ.

ނޫސްތަކުން ބުނާގޮތުން، އެސްޓްރަނޯޓުންކަމަށްވާ ބުޗް ވިލްމޯ އަދި ސޫނީ ވިލިއަމްސްވަނީ ތާށިވި އެސްޓްރަނޯޓުންގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރުވެފައެވެ. އަދި މިހާރު އެ މީހުން ތާށިވެފައިވާތާ 6 މަސް ދުވަސް ވެފައިވާކަމަށާއި އަދި އިތުރު ދެ މަސް ދުވަސް ހޭދަކުރަންޖެހޭނެކަމަށް ބެލެވޭކަމަށެވެ. މި ދެމީހުން ދަތުރު ފެށީ ޖޫން މަހުގެ 5 ވަނަ ދުވަހުގައިކަމަށްވާއިރު މަގުސަދަކީ ބޮއިންގް އިން އުފައްދާފައިވާ އައު ސްޓާލައިނާރ ކްރޫ ކެޕްސޫލް އުޅަނދުގެ ޓެސްޓު ފްލައިޓެއް ހެދުންކަމަށާއި އެއީ ހަފްތާއެއްގެ މުއްދަތަކަށް ދިގު ދެމިގެންދާނެކަމަށް ބެލެވުނު މަސައްކަތްތަކެއްކަމަށެވެ.

ނަމަވެސް އެ މީހުންނަށް ޖައްވީ މަރުކަޒާއި ހިސާބަށް އަނެއް ދުވަހު ވާސިލުވެވުނުއިރު، އެ ދޭތެރެއިން އެތައް ފަހަރެއްގެ މަތިން ތްރަސްޓާ ފެއިލްވުން އަދި ގޭސް ލީކުވުން ފަދަ ނުރައްކާތަކާއި ކުރިމަތިލާންޖެހުނުކަމަށެވެ. ނާސާއިންވަނީ އެ މީހުން ދަތުރުކުރުމަށް ބޭނުންކުރި އުޅަނދަކީ އަނބުރާ އައުމަށް ބޭނުންކުރާ ވަރަށްވުރެ ނުރައްކާތެރި ހާލަތެއްގައި ހުރި ވަސީލަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެހެންކަމުން އެ މީހުންނަށް އަނބުރާ އާދެވޭނެކަމަށް ބެލެވެނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައިކަމަށެވެ.

އެ މީހުން ތިބީ ތާށިވެފައިކަމަށް ބުނުމަށް ނާސާގެ މެނޭޖަރުން ނޭދޭކަން ނޫސްތަކުން ފާހަގަކުރެއެވެ. ނަމަވެސް އެސްޓްރަނޯޓުންނަށް އެ ބަސް ބޭނުންކުރުމުގައި މާ ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ފެނިގެން ނުނދާކަމަށާއި، އެމީހުންތިބީ ދުޅަހެޔޮ ހާލަތުގައިކަމަށް ބުނަމުންދާކަމަށެވެ. ވިލްމޯ ދެކޭގޮތުން މިއީ ކުރުމަށް ކަނޑައެޅި މަސައްކާތްތައް މަޑުޖައްސާލައި އެހެން މަސައްކަތްތަކެއް ކުރަމުންދިއުމާއި އެއްފަދަ ހާލަތެކެވެ.

ވިލިއަމްސް ބުނެފައިވާގޮތުން ޖައްވުގައި ހަރަކާތްތެރިވުމާއި ގުޅުން ހުރި އެންމެހާ ކަންކަން ކުރުމަށް އޭނާގެ ޝައުގުވެރިކަން ހުރެއެވެ. އަދި ޖައްވުގައި ދިރިއުޅުން މަޖާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރިކަމަށެވެ. އެ ދެމީހުންނަކީވެސް މީގެ ކުރިން ޖައްވީ ސްޓޭޝަންގައި ތިބެފައިވާ މީހުންކަމަށްވުމުން އެތަނުގެ ކްރޫއަށް ސައިންސް އެކްސްޕެރިމެންޓުގައި އެހީތެރިވުމާއި އެހެނިހެން މަސައްކަތްތަކުގައި އެހީދެމުންދާކަމަށް މީޑިއާތަކުން ފާހަގަކުރެއެވެ. ސެޕްޓެމްބަރު މަހުގެ ތެރޭގައި ވިލިއަމްސްވަނީ ސްޓޭޝަން ކޮމާންޑަރުގެ މަގާމުގައި ހަރަކާތްތެރިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: