ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024: ދަނޑުވެރިނަށް ހާއްސަ ”ނަފާ ލޯނެއް“

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަކީ އިހު ޒަމާނުއްސުރެ ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން އައި ޤައުމެކެވެ. ޒަމާންތަކެއް ވަންދެން ދިވެހިންގެ ދިރިއުޅުމުގެ މައިގަނޑު އެއް ވަސީލަތަކަށް ވެފައިވަނީ ދަނޑުވެރިކަމެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ސިނާޢަތު ތަރައްޤީވެ، އެހެނިހެން ދާއިރާތަކުން ކުރިއެރުން ލިބެމުން ދިޔަ ވަރަކަށް ދަނޑުވެރިކަމުގެ ދާއިރާއަށް ދެވުނު އަހައްމިއްޔަތުކަން ކުޑަވަމުން ދިޔައެވެ. އެހެން ނަމަވެސް، މިއަދު އަލުން އަނބުރާ ދަނޑުވެރިކަމުގެ ދާއިރާއަށް ސަމާލުކަން ދެވި، އެ ދާއިރާ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އުފަލާއެކު ފާހަގަކުރަމެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޖުމްލަ އަދަދު 7000 އަށްވުރެ މައްޗަށް އަރައެވެ. މީގެ ތެރޭގައި 53 އިންސައްތަ އަންހެނުންނާއި 47 އިންސައްތަ ފިރިހެނުން ހިމެނެއެވެ. މި ތަފާސްހިސާބުތަކުން ދައްކައިދެނީ ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުވެފައިވާކަމެވެ.

ދަނޑުވެރިކަމުގެ މަސައްކަތް ފުޅާކުރުމަށްޓަކައި، ޖުމްލަ 85 ރަށެއްގައި މީހުން ހަރަކާތްތެރިވާއިރު، ދިގު މުއްދަތަކަށް 49 ރަށެއް ވަނީ ކުއްޔަށް ދޫކޮށްފައެވެ. މީގެ އިތުރުން، 54 ރަށެއް ވަރުވާއަށް ދޫކޮށްފައިވާއިރު، މި އަހަރު ޖުމްލަ 18 ރަށެއް ވަނީ މޮނިޓަރކޮށްފައެވެ. މި ފިޔަވަޅުތަކުން ދޭހަވަނީ ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، ފުޅާކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއް އަހައްމިއްޔަތުކަމެވެ.

ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. މީގެ ތެރޭގައި ވާޓިކަލް ފާމިންގގެ މަސައްކަތްތައް ރާއްޖޭގައި ފެށުމާއި، އެކަމާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ. މިފަދަ އައު ޓެކްނޮލޮޖީތައް ތަޢާރަފުކުރުމުން، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެ، ފެންވަރު ރަނގަޅު އުފެއްދުންތައް އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.

ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަކޮށްގެން ”ދަނޑުވެރި މަންފާ“ ލޯނު ވަނީ ތަޢާރަފުކޮށްފައެވެ. މި ލޯނު ސްކީމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މި ލޯނު ސްކީމުގެ ދަށުން، ދަނޑުވެރިންނަށް ގްރީން ހައުސް އިންސްޓޯލްކުރުމާއި، ހައިޑްރޮޕޯނިކްސް ސިސްޓަމް ޤާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދެވެއެވެ. މީގެ އިތުރުން، ދަނޑުވެރިކަމާ ގުޅުންހުރި އެހެނިހެން ދާއިރާތައް ކަމުގައިވާ ޕެކޭޖިންގ، ލޮޖިސްޓިކްސް، އިންޕުޓް ސަޕްލައި އަދި ކޯލްޑް ސްޓޯރޭޖް ފަދަ ވަސީލަތްތައް ޤާއިމުކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ.

މި ލޯނު ޕްރޮގްރާމުގެ ދަށުން މިހާތަނަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ ދަނޑުވެރިކަމުގެ ދާއިރާއަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެކެވެ. މި ލޯނު ޕްރޮގްރާމްގެ އެއް ޚާއްޞަ ކަމަކީ ރަހުނަކާ ނުލައި 100،000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމެވެ. މިކަމުގެ ސަބަބުން، ކުދި ދަނޑުވެރިންނަށާއި އަލަށް ދަނޑުވެރިކަމުގެ ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން މާލީ އެހީތެރިކަން ލިބިގެންދާނެއެވެ.ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް އެޅޭ އަނެއް މުހިންމު ފިޔަވަޅަކީ ތަމްރީނު ޕްރޮގްރާމްތައް ހިންގުމެވެ. މިގޮތުން، 12 ރަށެއްގައި ގްރީން ހައުސް އަޅައިގެން ކޮކޯޕީޓްގައި ކިއުކަންބާ އަދި މެލަން ހައްދާނެ ގޮތުގެ ޓެކްނިކަލް ތަމްރީނު ޕްރޮގްރާމްތައް މިއަހަރު ވަނީ ހިންގާފައެވެ. މިފަދަ ތަމްރީނު ޕްރޮގްރާމްތަކުން ދަނޑުވެރިންނަށް ޒަމާނީ އަދި ހަރުދަނާ ގޮތްތައް ދަސްވެ، އުފެއްދުންތެރިކަން އިތުރުވެގެންދާނެއެވެ.

ހަމައެއާއެކު، ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް ސްކޮލަރޝިޕް ފުރުޞަތުތައް ވަނީ ހުޅުވާލާފައެވެ. މިއީ ދަނޑުވެރިކަމުގެ ދާއިރާއަށް ޒަމާނީ ޢިލްމާއި ހުނަރު ލިބިފައިވާ ޤާބިލު މީހުން އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ފުރުޞަތުތަކުގެ ތެރެއިން މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ހާސިލުކުރުމަށް ވަނީ ހުޅުވާލާފައެވެ.

ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާ އަލުން ދިރުވައި، ކުރިއެރުވުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފުކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް ހުޅުވާލުމަކީ މި ދާއިރާ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާވެ، ކުރިއަރައިގެންދާނެކަމަށް އުންމީދުކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: