ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިއާ އަދި ޔޫކްރެއިންގެ ގިނައަދެއްގެ ގައިދީން މިނިވަންކޮށްފި

ޔޫކްރެއިންގެ ރައީސް އަދި ރަޝިއާގެ ރައީސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނގުރާމައިގެ ތެރެއިން ހައްޔަރުކޮށްފައިވާ ގިނަ އަދަދެއްގެ ގައިދީން ރަޝިއާ އަދި ޔޫކްރެއިން އިންވެސް މިނިވަންކޮށްފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން މިފަހުން ގައިދީން މިނިވަން ކުރުމަށްޓަކައި ކުރިއަށް ގެންދިޔަ މަސައްކަތްތަކެއްގެ ތެރެއިން އެތައް ސަތޭކަ ރައްޔިތުންނެއް އެ ގައުމަކާއި ހަވާލުކުރެވިފައިވާކމަަށެވެ. އަދި މި މަސައްކަތްތަކަކީ ޔޫއޭއީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްްކަތްތަކެއްކަންވެސް ނޫސްތަކުން ފާހަގަކުރެއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވީ، ރަޝިއާއިން ހައްޔަރުކޮށްފައިވާ އެ ގައުމުގެ 189 މީހަކު މިނިވަންކުރިކަމަށެވެ. އަދި އެ މީހުންގެ ތެރޭގައި އަސްކަރީ މުއައްޒަފުންނާއި، ބޯޑަރު ގާޑުންގެ އިތުރުން އެފަދަ އެހެނިހެން ދާއިރާތަކުގެ މަސައްކަތްތެރިންނާއި އާންމުންވެސް ހިމެނޭކަމަށެވެ. ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނާގޮތުން ޔޫކްރެއިންއިން މިނިވަންކޮށްފައިވަނީ އެ ގައުމުގެ 150 މީހެއްކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ކޮންމެ ގައުމަކުންވެސް މިނިވަންކުރުމަށް ކަނޑައެޅިފައިވަނީ 150 މީހުންކަމަށްވުމުން އަދަދުތަކުގައި ތަފާތުތަކެއް އުޅެނީ ކޮން ސަބަބަކާއި ގުޅިގެންކަން ސާފުނުވާކަން ރިޕޯޓުތަކުގައިވެއެވެ.

ޒެލެންސީ ވިދާޅުވީ، އެ ގައުމުން މަސައްކަތްކުރަމުންދަނީ ރަޝިއާއިން ހައްޔަރުކޮށްފައިވާ ހުރިހާ ރައްޔިތުންވެސް މިނިވަންކުރުމަށްކަމަށެވެ. އަދި އެއްވެސް ރައްޔިތެއްގެ މަތިން ހަނދާން ނައްތާލާފައިނުވާކަމުގެ ޔަގީންކަން ދެއްވިއިރު އޭނާވަނީ ސޯޝަލްމީޑިއާގައި ސިފައިންތަކެއްގެ ފޮޓޯ އާންމުކޮށްފައެވެ. އޭނާ ވިދާޅުވީ، މިނިވަން ކުރެވިފައިވާ މީހުންގެ ތެރޭގައި އޮޑެސާ ބަނަދަރާއި ގާތުގައި އޮންނަ ސްނޭކް އައިލެންޑްގެ ނަން ދެވިފައިވާ ސަރަހައްދު ރައްކައުތެރިކުރުމަށްޓަކައި މަސައްކަތްކުރަމުންދިޔަ ފަރާތްތައް ހިމެނޭކަމަށެވެ. އޭނާ ވިދާޅުވީ، ރަޝިއާގެ އަތްދަށުން އެ ގައުމުގެ ރައްޔިތުން މިނިވަންވެގެންދިއުމަކީ އަބަދުވެސް އުފާވެރި ހަބަރެއްކަމަށާއި މިއީ އެފދަދަ ދުވަހެއްކަމަށެވެ. އޭނާ ވިދާޅުވީ ޔޫކްރެއިންގެ ޓީމަށް ވަނީ 189 މީހަކު މިނިވަންކުރެވިފައިކަމަށެވެ.

ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނާގޮތުން ޔޫކްރެއިންގެ އަތްދަށުން މިނިވަންވި އެ ގައުމުގެ ރައްޔިތުން އެންމެ ފުރަތަމަ ގެންދިޔައީ ބެލަރުސްއަށްކަމަށެވެ. އަދި އެ ގައުމުގެ ނަފްސާނީ ފަރުވާގެ އިތުރުން ޖިސްމާނީ ހާލަތު ދެނެގަނެ ފަރުވާ ދިނުމުގެ މަސައްކަތްތައް ކުރެވިފައިވާއިރު ރަޝިއާއަށް ގެންދިޔައީ އެ މަރުހަލާ ނިމުމަށް ފަހުކަމަށެވެ. ހަނގުރާމަ ފެށުނު ފަހުން މިގޮތުގެ މަތިން ރަޝިއާ އަދި ޔޫކްރެއިންއިންވެސް އެތައް ފުރުސަތެއްގައި ގައިދީން މިނިވަންކުރުމުގެ މަސައްކަތްތައް ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: