ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ވޯލްޑްސް ބިގެސްޓް ގިވްއަވޭ“ ރަސްމީކޮށް ފަށައިފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިއުރީ/ ފޮޓޯ: އެމްއެމްޕީއާރުސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންތިޒާމްކޮށްގެން ބާއްވާ 2025 ވަނަ އަހަރުގެ އެންމެ ބޮޑު ގްލޯބަލް ކެމްޕޭން ”ވޯލްޑްސް ބިގެސްޓް ގިވްއަވޭ“ ރަސްމީކޮށް ފަށައިފިއެވެ.

ވޯލްޑް ޓްރެވަލް މާޓް (ޑަބްލިއުޓީއެމް) ލަންޑަންގައި ނޮވެމްބަރު 5، 2024 ގައި އިއުލާންކުރި މި ހަރަކާތުގައި މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2025 ވަނަ އަހަރުގެ ކޮންމެ ހަފްތާއަކު އެއް ޗުއްޓީ، ޖުމްލަ 52 ޗުއްޓީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކެމްޕޭނުގެ މަޤްޞަދުތައް:
– މީސްމީޑިއާ މެދުވެރިކޮށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ ޝައުޤުވެރިކަން އިތުރުކުރުން
– ރާއްޖެއަކީ މަޤްބޫލު ޓްރެވަލް މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުން
– ރާއްޖޭގެ ތަފާތު ހުށަހެޅުންތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުން

އެމްއެމްޕީއާރުސީއިން މަސައްކަތް ކުރަމުން ގެންދަނީ ރާއްޖޭގެ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންސްގެ މަގާމު ދެމެހެއްޓުމަށެވެ. މި ގޮތުން 2025 ވަނަ އަހަރުގެ ޖުމްލަ އަމާޒަކީ ހޫނު މޫސުމުގެ ބޮޑެތި ކެމްޕޭންތަކާއިއެކު 25 މާކެޓުގައި ކޮންމެ ކުއާޓަރެއްގައިވެސް ހަރަކާތްތައް ކުރިއަށް ގެންދިއުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: