ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައިމަޑުވުމާއިއެކު ލޮސްއެންޖެލިސްގެ އަލިފާންގަނޑު ނިއްވާލުމުގެ އުންމީދު އައުވެއްޖެ!

އަލިފާނުގެ ހާދިސާގެ ތެރެއިން ނަގާފައިވާ މަންޒަރެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވައިމަޑުވުމާއިއެކު އެމެރިކާގެ ލޮސްއެންޖެލިސްގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ އުންމީދު އައުވެފައިވާކަމަށް ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ނޫސްތަކުން ބުނާގޮތުން ލޮސްއެންޖެލިސްގެ އެކި ސަރަހައްދުތަކުގައި ހިފާފައިވާ ނުރައްކާތެރި އަލިފާންގަނޑު ނިއްވާލުމުގައި، ވައިގަދަވުމުގެ ސަބަބުން ބޮޑެތި ދަތިތައް ކުރިމަތިވެފައިވެއެވެ. މިހާރު ކޮންމެވެސް ވަރަކަށް ވައިމަޑުވެފައިވާއިރު ވަރުބަލިކަން ތަހައްމަލުކުރަމުންދާ ފަޔާރފައިޓަރުން އަނެއްކާވެސް ހިތްވަރު އައުކޮށް މަސައްކަތްތައް ވަރުގަދަކޮށްފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.

ތޫފާންތަކާއި އެއް ހަމަ މިންގަނޑެއްގައި ވައިބާރުވެ، ލޮސްއެންޖެލިސްގެ ބޮޑު ސަރަހައްދެއްގައި ނުރައްކާތެރި އަލިފާންގަނޑުތައް ފެތުރިގެންދިޔަތާ ހަފްތާއެއްހާ ދުވަސްވެފައިވާއިރު އަދިވެސް ނިއްވާލެވިފައިނުވެއެވެ. މި ހާދިސާގައި 20 އަށްވުރެ ގިނަ މީހުން ނިޔާވެފައިވާއިރު އެ ރަށުގެ ބޮޑު ސަރަހައްދެއް އެއްކޮށް އަނދާ އަޅިއަށްވެފައިވާކަން އެކި ފަރާތްތަކުން އާންމުކުރާ ފޮޓޯތަކުން ފެނިގެންދެއެވެ. މޫސުމީ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން މިވަގުތު ނުރައްކާތެރި ހާލަތު ނިމުމަކަށް އަންނަމުންދާކަމަށް ލަފާކުރެވޭކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މޫސުމަށް އަންނަ ކުދި ބަދަލުތަކާއިއެކު ކޮންމެވެސްވަރަކަށް ފިނިވެގެންދާނެކަމަށް ބެލެވޭކަމަށްވެސް މޫސުމީ އިދާރާތަކުން ބުނާއިރު އީޓަން އަދި ޕެލިސޭޑްސް ސަރަހައްދުގައި ފެތުރުނު މި ނުރައްކާތެރި އަލިފާންގަނޑުގެ ސަބަބުން 16،000 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދަކަށް ގެއްލުންތައް ލިބިފައިވެއެވެ. އީޓަން ސަރަހައްދުގެ ފަޔާރ ޗީފްގެ ގެކޮޅުވެސް އެއްކޮށް އަނދާ ހުލިވެފައިވާކަމަށް ބައެއް ނޫސްތަކުން ފާހަގަކުރެއެވެ.

ރޯވެދާނެކަމަށް އަދިވެސް ބެލެވޭ ބައެއް ސަރަހައްދުތަކުގައި އެމެރިކާގެ ފަޔާރ ފައިޓަރުންގެ ފައުޖުތަކުގެ އިތުރުން މެކްސިކޯގެ ފަޔާރ ފައިޓަރުންވެސް ހަރަކާތްތެރިވަމުން އެބަދެއެވެ. އިންފްރާރެޑް ސެންސަރުތައް ހަރުކޮށްފައިވާ ފްލައިޓުތައް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ދިރާސީ މަސައްކަތްތަކުގެ ތެރެއިން އަދިވެސް ރޯވުމުގެ ފުުރުސަތު އޮތް ގިނަ ސަރަހައްދުތަކެއް ހުރިކަން ފެނިގެންދާކަން ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާއިރު ރޯވެއްޖެ ހާލަތުގައި ނިއްވާލުމަށްޓަކައި ފަޔާރ ފައިޓަރުން ތައްޔާރަށް މަޑުކޮށްގެން ތިބިކަންވެސް ހިއްސާކޮށްފައިވެއެވެ. މި ހާދިސާގައި 250 ބިލިއަން ޑޮލަރުގެ ގެއްލުންތައް ވެފައިވާކަންވެސް ބައެއް ނޫސްތަކުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: