ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޓިފިޝަލް ބީޗްގައި މާރާމާރީ ހިންގި ބިދޭސީން ޑީޕޯޓު ކޮށްލަނީ

ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އާޓިފިޝަލް ބީޗްގައި މާރާމާރީ ހިންގި ބިދޭސީން ޑީޕޯޓު ކޮށްލުމަށް ނިންމައިފިއެވެ.

އާޓިފިޝަލް ބީޗްގައި މި މާރާމާރީ ހިންގާފައިވަނީ 17 ޖެނުއަރީ 2025 ގައެވެ.

އެކަމާ ގުޅޭގޮތުން އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަޙީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއާއި ގުޅިގެން ފުލުހުން 03 ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، މި އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ޝަމްއާން ވިދާޅުވިއެވެ. 

ޝަމްއާން އިތުުރަށް ވިދާޅުވީ، އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. 

އާޓިފިޝަލް ބީޗުގައި މިދިޔަ ޑިސެމްބަރު މަހުވެސް މިފަދަ މާރާމާރީއެއް ހިންގާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: