ރާއްޖޭގައި ފުޅާ ދާއިރާގައި ވިޔަފާރި ކުރަމުން އަންނަ ސަމަންގެ މާސިންގާ ސުޕަރމާކެޓް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވައިފިއެވެ.
”ސުޕަމާކެޓް ބައި ސަމަން“ގެ ނަމުގައި ވިނަރެސް ފްލެޓް 3 ގައި ހުޅުވާފައިވާ މި މާކެޓް ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ. ސަމަންގެ މި ސުޕަރމާކެޓަކީ މީގެ 2 މަހެއްހާ ދުވަސް ކުރިން އިޝްތިހާރުކޮށް ސުޕަރމާކެޓުން ރައްޔިތުންނަށް ފަސޭހަތަކެއް ވާނެ ކަމަށް ފާހަގަކުރަމުންނެވެ.
ސަމަންގެ ސުޕަރމާކެޓު ހުޅުވާފައިވާއިރު އެތަނަކީ ކަސްޓަމަރުންނަށް ކަމުދާނެ ޒަމާނީ ގިނަ ވަސީލަތްތަކާއެކު ކަސްޓަމަރުންނަށް ބޮޑެތި ލުއިފަސޭހަ ވެގެންދާނެ ގޮތަކަށް ހަދާފައިވާ ތަނެކެވެ. އަދި އެއް ފުރާޅެއްގެ ދަށުން ތަފާތުއެކި ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް ހެޔޮ އަގެއްގައި ސަމަންގެ ސުޕަރމާކެޓުން ލިބެން ހުންނާނެއެވެ.
ސަމަންގެ ސުޕަރމާކެޓުގެ ހުރިހާ ސިފަތަކެއްވެސް ބިނާކޮށްފައިވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް ކަމަށް ކުންފުނިން ފާހަގަކުރެއެވެ. އެއީ ”ޗީޕް“، ”ޗޮއިސަސް“ އަދި ”ކޮންވީނިއެންޓް“އެވެ. ނުވަތަ އަގުހެޔޮކޮށް، ވީހާ ވެސް ގިނަ ބާވަތްތަކުގެ މުދާ ހިތްހަމަޖެހޭ މާޙައުލެއްގައި ފަސޭހައިން ގަނެވޭނެ ގޮތް ހަމަޖައްސައިދިނުމެވެ.
ދެ ފަންގިފިލާއަށް އިމާރާތްކޮށްފައިވާ އެ ސުޕަރމާކެޓުގެ ގްރައުންޑް ފްލޯއިން ލިބެން ހުންނަނީ ތަފާތު ބާވަތުގެ ކާނާއެވެ. ޓެކްނޮލޮޖީގެ ބޭނުންކޮށް ކޮންމެ ރެކެއްގައިވެސް ބަހައްޓައިފައި ހުންނަ ތަކެތީގެ ނަން ފެންނާނެ ހެން ސްކްރީނެއް ވަނީ ބަހައްޓާފައެވެ. އަދި ބާރުބޮޑުވުން މަދު ކުރުމަށް ގްރައުންޑް ފްލޯގައި ދެ ކައުންޓަރު ވަނީ ބަހައްޓާފައެވެ.

މަތީ ފްލޯގައި ރީތިވާ ސާމާނާއި ބަދިގެ އަދި ގޭތެރެ ޒީނަތްތެރިކުރުމާއި ސާފުކުރުމަށް ބޭނުންވާ އެކި ސާމާނުތައް ލިބެން ހުންނާނެއެވެ. މީގެއިތުރުން ކުޑަކުދިންގެ ކުޅޭ ސާމާނާއި އެކި ހަފްލާތައް ޒީނަތްތެރިކުރުމަށް ބޭނުންވާ އެކި ކަހަލަ ބެނާތަކާއި ޕުއްޕާހަންތައް ލިބެން ހުންނާނެއެވެ.
ސަމަން ސުޕަރމާކެޓަކީ ސްމާޓް ޓެކްނޮލޮޖީއާއިއެކު ތައްޔާރު ކޮށްފައިވާ ކަސްޓަމަރުންނަށް ފަސޭހަވާނެ ގޮތަށް އިމާރާތް ކޮށްފައިވާ ސުޕަރމާކެޓެކެވެ. ރާއްޖޭގެ ފިހާރައެއްގައި އަދި މިހާތަނަށް ބޭނުންނުކުރާ ފޭސް ރެކޮގްނައިޒޭޝަން ފީޗާ ވަނީ ސުޕަރމާކެޓުން ބޭނުކޮށްފައެވެ. ކަސްޓަމަރުން ގެންދާ ތަކެތި ރައްކާތެރިކޮށް ލޮކަރުގައި ބެހެއްޓުމަށް ލޮކަރު ތަޅުލަން ބޭނުން ކުރާ ފީޗާ އަކީ ފޭސް ރެކޮގްނައިޒޭޝަން ފީޗާއެޗެ.

ސަމަން ގްރޫޕުގެ އެންމެ ބޮޑު ފިހާރަ ހުޅުމާލޭގައި ހުޅުވާފައިވާއިރު، އެހެން ފިހާރަތަކާއި އަޅައިބަލާއިރު ސަމަންގެ ސުޕަރމާކެޓުން ވިއްކާ ތަކެތީގެ އަގު ވަރަށް ބޮޑަށް ވަނީ ތިރިކޮށްފައެވެ. ކަސްޓަމަރުންނަށް ފަސޭހަ އެތައް ފީޗާތަކެއް ބޭނުންކޮށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މި ސުޕަރމާކެޓުގެ ބޭނުމަކީ ކަސްޓަމަރުންނަށް ޖީބަށް ލުއި އަގުތަކެއްގައި ރައްކާތެރި މާއުލެއް ގާއިމްކޮށްދީ ގިނަ ތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

